ކޮވިޑް-19 އަދާހަމަ: އިތުރު 79 މީހުން ފައްސިވެއްޖެ
ރާއްޖެއިން މިއަދު އިތުރު 79 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 25 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 52 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 2 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 91،543 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 89،547 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 12 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 250 މީހުން ނިޔާވެފައިވެއެވެ.
Ads by Allied Insurance