Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ރައީސް ޔާމީނަށް އިނާޔަތުގެ ގޮތުގައި މަހަކު 358،333 ރުފިޔާ

ރައީސް ޔާމީނަށް އިނާޔަތުގެ ގޮތުގައި މަހަކު 358،333 ރުފިޔާ
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްއަށް އިނާޔަތްތައް ދޭން ހަމަޖެހިފައި ވަނީ ކޮންޓިންޖެންސީ ބަޖެޓުން ކަމަށާއި، މީގެ ކުރިން ވެސް މިގޮތަށް ކުރީގެ ރައީސުންނަށް އިނާޔަތްތައް ދީފައިވާނެ ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވެއްޖެއެވެ. އެގޮތުން އެމަނިކުފާނަށް އިނާޔަތުގެ ގޮތުގައި މަހަކު 358،333 ރުފިޔާ ދިނުމަށް މިހާރު ވަނީ ހަމަޖެހިފައެވެ. ކުރީގެ ރައީސުންނަށް މާލީ އިނާޔަތްތަކާއި ސެކިޔުރިޓީ ދިނުމަކީ ޤާނޫނުން ލާޒިމްކުރާ ކަމެކެވެ. ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރި މަނީ ލޯންޑަރިންގެ ދައުވާއާ ގުޅިގެން އެ މަނިކުފާނަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން އިއްޔެ ވަނީ ބާތިލުކޮށްފައެވެ. އެ މިދިޔަ އަހަރަށް ލަފާކޮށް ބަޖެޓު ފާސްކުރި އިރު، އެމަނިކުފާނު ގެންދެވީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ކަމަށް ވާތީ ބަޖެޓުގައި އެމަނިކުފާނަށް އިނާޔަތްތައް ދިނުމަށް ހިމަނައިފައެއް ނުވެއެވެ. ނަމަވެސް ރެއިން ފެށިގެން ވަނީ ރައީސް ޔާމީނަށް ސެކިއުރިޓީ ދޭން ފަށައިފައެވެ.

ރައީސް ޔާމީނަށް ލިބޭ އިނާޔަތްތައް:

▪︎ މާލީ އިނާޔަތް: މަހަކު 75،000ރ ▪︎ ދިރިއުޅުއްވާ ތަނުގެ ހަރަދު: މަހަކު 50،000ރ ▪︎ އޮފީސް ހިންގުމުގެ ހަރަދު: މަހަކު 175،000ރ ▪︎ ބޭސްފަރުވާގެ ހަރަދު: މަހަކު 58،333،33ރ
  • މަހަކަށް ޖެހޭ ޖުމްލަ: 358،333.33ރ

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް