ދުނިޔެ

ކޮވިޑް ޖެހިގެން ހަސްފަތާލުވި 1% މީހުންނަށް ސިކުނޑީގެ މައްސަލަތައް ދިމާވޭ: ދިރާސާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކޮވިޑް-19 ޖެހި، ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދޭން ޖެހުނު މީހުންގެ ތެރެއިން އެކެއް އިންސައްތަ މީހުންނަށް ސިކުނޑީގެ މައްސަލަތައް ދިމާވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ދިރާސާކުރާ ފަރާތްތަކުން އުތުރު އެމެރިކާގެ ރޭޑިއޮލޮޖިކަލް ސޮސައިޓީއޮފް ނޯތު އެމެރިކާގެ އަހަރީ ބައްދަލުވުމުގައި ބުނެފައި ވަނީ ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ކޮންމެ 100 މީހަކުން އެކަކަށް ސެންޓްރަލް ނާރވަސް ސިސްޓަމް ކޮމްޕްލިކޭޝަންސް ކުރިމަތިވާ ކަމަށެވެ. އެމެރިކާއާއި ޔޫރަޕްގައި ކޮވިޑް-19 ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ 38،000 އެއްހައި ޕޭޝަންޓުންގެ ތެރެއިން، 11 އިންސައްތަ މީހުންނަށް ސިކުނޑީގެ ކޮންމެ ވެސް މައްސަލައެއް ދިމާވެފައިވާ ކަމަށް ދިރާސާ ކުރި ފަރާތުން ހާމަކުރިއެވެ.

މިކަން ދެނެގަނެފައި ވަނީ، މެގްނެޓިކް ރިޒޮނަންސް އިމޭޖިންގ (އެމް.އާރް.އައި) އަދި ކޮމްޕިއުޓެޑް ޓޮމޮގްރަފީ (ސީ.ޓީ) އިމްތިޙާނުތަކުގެ އެހީގައެވެ.

ކޮވިޑް-19އަށް ހަސްފަތާލުގައި ފަރުވާ ދިން މީހުންގެ ތެރެއިން، އެންމެ އާންމު ހޯދުންތަކަކީ ސިކުނޑި ފަޅައިގެން ގޮސްފައިވާ އާޓްރީތަކުގެ ސަބަބުން ސްޓްރޯކް ޖެހުން ކަމަށް ވިޔަސް، ދިރާސާކުރި ފަރާތްތަކުން ވަނީ ސިކުނޑީގައި ލޭ ގަނޑުވުމާއި، ސިކުނޑީގެ އިންފްލެމޭޝަންއާއި، އެ ނޫން ވެސް ފުރާނައަށް ނުރައްކާވާ ފަދަ ކޮމްޕްލިކޭޝަންތައް ވެސް ފެނިފައި ކަމަށް ހާމަކޮށްފައެވެ.

ފިލަޑެލްފިއާގެ ތޯމަސް ޖެފަރސަން ޔުނިވަރސިޓީގެ ސްޓަޑީ ލީޑަރު ޑރ ސްކޮޓް ފާރޯ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19އާ ގުޅުން ހުރި ފުއްޕާމޭގެ މައްސަލަތަކަކީ ވަރަށް ރަނގަޅަށް ފާހަގަކުރެވޭ މައްސަލަތަކެއް ނަމަވެސް، ދިރާސާއިން ދައްކާ ގޮތުގައި، ސެންޓްރަލް ނާރވަސް ސިސްޓަމްގެ ކޮމްޕްލިކޭޝަންސްތަކަކީ، މި ބަލިމަޑުކަމުގެ ތެރޭގައި، ބަލިމަޑުކަމާއި، މަރުވުމުގެ ވަރަށް ބޮޑު ސަބަބެއް ދައްކުވައިދޭ ކަމެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!