ޚަބަރު

މިދުހަތާ ދުވަހަކު ވެސް ބައްދަލެއް ނުކުރަން އަދި ފޯނުން ވެސް ނުގުޅަން: އަލީ ޒާހިރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕީއެސްއެމްގެ ބޯޑު މެންބަރު މިދުހަތު އަލީ (މިދޭ)އާ ބައްދަލުކޮށް އޭނާގެ ބައެއް ނިންމުންތަކާ ގުޅިގެން ސުވާލުކޮށް ނުފޫޒު ފޯރުވަން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު، އުޅުއްވިކަމަށް ބުނެ މީސްމީޑިއާގައި އޭނާ ދެއްކި ވާހަކަތަކަށް އެމަނިކުފާނު ރައްދު ދެއްވައިފިއެވެ.

Ads by Sosun Fihaara

ޕީއެސްއެމް ބޯޑުން މިދުހަތު ވަކިކުރުމާ ގުޅިގެން އޭނާ ވަނީ މީސްމީޑިއާގައި އޭނާއާ އަލީ ޒާހިރު މީގެ ދެ ހަފްތާ ކުރިން ބައްދަލު ކުރައްވާ ވާހަކަފުޅު ދެއްކެވި ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން މިދުހަތުގެ ޕޯސްޓްގެ ސްކްރީންޝޮޓްތަކާ އެކު، މިއަދު އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދުހަތާ ދުވަހަކު ވެސް ބައްދަލުވެފައި ނުވާ ކަމަށާއި އަދި ފޯނުން ވެސް ގުޅުއްވާ ނުހައްދަވާ ކަމަށެވެ. އަދި އެފަދަ ދޮގު ހަދާއިރު، ޤިޔާމަތް ދުވަހުން ގުނަވަންތަކުން ހެކި ބަސް ދޭނެކަން ހަނދުމަކުރުމަށް އަލީ ޒާހިރު ވިދުވިއެވެ.

"ދޮގު ހެދުމާއި ދޮގު ވާހަކަ ފެތުރުމުގައި ވެސް ކުޅަދާނަ ބޭފުޅުން އުޅުއްވާކަން މިއަދު އެނގިއްޖެ. އަދި ތިމާގެ ގުނަވަންތަކުން ތިމާއާ ދެކޮޅަށް ހެކިބަސް ދޭނެ ދުވަސް އޮތްކަން ނުޤަބޫލު ކުރާ 'މުސްލިމުން' ވެސް އުޅޭކަން ފެނިއްޖެ. ދުވަހަކު ވެސް ބައްދަލު ނުކުރާ، ފޯނުން ނުވެސް ވާހަކަ ދައްކާ ބޭފުޅެއް މިއީ" އަލީ ޒާހިރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މީގެ ކުރިން، ރައީސް ޔާމީންގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް އަލީ ޒާހިރު ނުފޫޒު ފޯރުވި ކަމަށް ބުނެ ވާހަކަތަކެއް ވަނީ ދައުރުވެފައެވެ. އެކަން ދޮގުކޮށް ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ ޒާހިރު ވަނީ ހުވާ ކުރަން ޖެހިއްޖެ ހާލަތެއްގައި ހަތް ފަހަރު ހުވާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

Ads by Allied Insurance
  1. ވިދާޅުވި ބެއްޔާ..

    ސިޔާސީ ގޮތުން ހެދިޔަސް ވާނީ ދޮގަކަށް..

    • ށަވިޔަނި

      ތެދުހަދަނީ ކާކުކަން ކޮންބައެއްކަން ކިހިނެއް އެނގޭނީ ޔާމީނުގެ ޝަރީޢަތް ނިމޭގޮތެއް ބަލަން ފޯނުން ގުޅާހެދީވެސް………ބުނާނެއެއްޗެއް ނޭނގުނު ޕިސް ޕިސް ޕސް މިރާއްޖޭގެެ މީހުން މިތިބީ ތިއެންމެން ހިތުދަސްވެފަ

  2. ކަލޭ ނުބުނާނެ ތެދެއް ތީހަމަ ދޮގުޕީ

  3. އައްޔަ

    މި ގައުމުގާ އެތައް ލައްކަ މީހުނެއް އުޅޭއިރު ތި ކިއާ އަލީޒާހިރޭ ކިއައިގެން ކޮއްމެ ވާހަކައެއް ތިލަވަނީ، ކޮންމެވެސް ހަގީގަތެއް ވާތީތާ.!!

  4. Halaakuަ

    ޢަލީޒާހިރު ވ ދޮގުހަދާފަވެސްއެބަހުރި ހާސަކޮންސަރުއީދާއިރާގެތެރޭގަ

    • ލިޔާހިތުން

      ދިވެހި ރައްޔިތުން ތަޙުލީލު ކޮށްފި ތިއެންމެން ދެން ކޮންމެހެން މާރަނގަޅު ބަޔަކަށް ހެދެން އުޅޭނެ ކަމެއްނެތް އިމްރާނުވެސް ބުނި ދުވަކުވެސް ރައީސް ނަޝީދުއަށް ބަދުބަހެއް ނުބުނަމޭ ވެރިކަން ވައްޓާލާކަށް ވެސް ނޫޅެމޭ މިހިރަ ފެންނަނީ ކޮންފަދަ މަންޒަރެއް