އީ-ވޯޓިންގެ ވިސްނުން ދޫކޮށްލަައިފިން: ފުއާދު

އީ-ވޯޓިންގެ ވިސްނުން މި ވަގުތަށް ދޫކޮށްލައިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެއެވެ.
އަވަސް ނޫހުގެ "ސުވާލަކަށް ފަހު ސުވާލެއް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ އި-ވޯޓިންއަށް ދިއުމުން ވަރަށް ބޮޑުތަން ހަރަދު ކުޑަކުރެވިގެންދާނެ ކަމަށެވެ. ނަމަވެސް އެއީ ރައްޔިތުން އެދޭ ގޮތެއް ނޫން ކަމަށާއި އީ-ވޯޓިންއަށް ދިއުމަށް ރައްޔިތުން އަދި ހޭލުންތެރި ނުވާ ކަމަށެވެ.
ފުއާދު އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ މި ވަގުތުގެ ވިސްނުމަކީ އިންތިހާބުތައް މެނުއަލްކޮށް ގެންދިއުން ކަަމަށެވެ. އެހެންކަމުން އީ-ވޯޓިންގެ ވިސްނުން މިވަގުތަށް ދޫކޮށްލައިފައިވާ ކަަމަށް ފުއާދު ވިދާޅުވިއެެވެ.