ދުނިޔެ

ޒެމްބިއާއިން ވެސް ކޮވިޑްގެ އައު ވޭރިއަންޓް ފެނިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކޮވިޑް-19ގެ އައު ވޭރިއަންޓް ކަމަށްވާ "އޮމިކްރޮން" ޒެމްބިއާއިން ވެސް ފެނިއްޖެއެވެ.

Ads by Sosun Fihaara

ޒެމްބިއާގެ ހެލްތު މިނިސްޓްރީން ބުނީ މިދިޔަ ހަފްތާގައި އެ ޤައުމުން ތިން މީހަކު ކޮވިޑްގެ މި އައު ވޭރިއަންޓަށް ފައްސި ވެފައިވާ ކަމަށް ރިކޯޑު ކުރެވިފައިވާ ކަމަށެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ޒެމްބިއާއިން ފައްސިވެފައި ވަނީ ދެ ފިރިހެނުންނާއި އަންހެނެކެވެ. އޭގެ ތެރެއިން އެއް ފިރިހެނެއްގެ ފަރާތުން އަލާމާތްތައް ފެންނަން ފެށީ އޭނާ ބޭރު ޤައުމަކަށް ދަތުރު ކޮށްފައި އެނބުރި ޤައުމަށް ދިޔުމުން ކަމަށާއި ދެވަނަ ފިރިހެން މީހާގެ ކިބައިން ވެސް އަލާމާތްތައް ފެނިގެން ޓެސްޓު ކުރުމުން ފައްސިވެފައި ވަނީ އައު ވޭރިއަންޓަށް ކަން އެނގިފައިވާ ކަމަށެވެ.

ޒެމްބިއާއިން ފައްސިވީ އަންހެން މީހާއަކީ ޤައުމުން ބޭރަށް ދިޔަ މީހެއް ނޫން ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.

އޮމިކްރޮން ވޭރިއަންޓް 39 ޤައުމަކުން މިހައިތަނަށް ފެނިފައިވެއެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!