އަތޮޅުތެރޭގައި އިމާމުންނާއި ކަތީބުން ތަމްރީންކުރަނީ
އަތޮޅުތެރޭގައި އިމާމުންނާއި ކަތީބުން ތަމްރީނުކުރަން އިސްލާމިކް މިނިސްްޓްރީން ނިންމައިފިއެވެ.
މާލެ ސިޓީގައި އިމާމުންނާއި ކަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވީ އަތޮޅުތެރޭގައި ވެސް މިފަދަ ތަމްރީނުތައް ހިންގަން ނިންމަވައިފައިވާ ކަމަށެވެ.
އެގޮތުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިމާމުންނާއި ކަތީބުން ތަމްރީނު ކުރުމުގެ ތިން ޕްރޮގްރާމް ކޮންމެ އަަހަރަކު ކުރިއަށް ގެންދިއުމަށް ރާއްވަވަމުންގެންދަވާ ކަމަށެވެ.
ޑރ. ޒާހިރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ވެސް އިމާމުންނާއި ކަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުތައް ފައްޓަވާނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި ޖުމްލަ 94 ބޭފުޅުން ބައިވެރިވެފައިވެއެވެ.
މިޕްރޮގްރާމްގެ 80 ޕަސެންޓަށް ވުރެ މަތިން ހާޒިރީ ލިބުނު ފަރާތްތަކަށް ވަނީ ޕްރޮގްރާމް ފުރިހަމަ ކުރިކަމުގެ ސެޓްފިކެޓް ހަވާލުކޮށްފައެވެ. އަދި 40އާއި 80 ޕަސެންޓާ ދެމެދުން ހާޒިރީ ލިބުނު ފަރާތްތަކަށް ވަނީ ބައިވެރިވިކަމުގެ ހަނދާނީ ލިޔުން ވެސް ދީފައެވެ.