Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރައީސް ޔާމީން އެދިވަޑައިގަތީ 24 ލައްކަ ރުފިޔާ ދިނުމަށް

ރައީސް ޔާމީން އެދިވަޑައިގަތީ 24 ލައްކަ ރުފިޔާ ދިނުމަށް

ޖަލު ބަންދުގަައި ހުންނެވި މުއްދަތުގެ އިނާޔަތުގެ ގޮތުގައި ، ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިލެއްވީ 24 ލައްކަ ރުފިޔާ ދިނުމަށް ކަމަށް އެ މަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ މީހުންނަށް ދޭންޖެހޭ ހާއްސަ ރައްކާތެރިކަމާއި އިނާޔަތްތަކާ ބެހޭ ގާނޫނުގައިވާ ގޮތުގައި، ރައީސްކަން ކޮށްފައިވާ މީހަކަށް އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު 50،000 ރުފިޔާ ދޭން ގާނޫނުގައިވެއެވެ. އަދި އިޖުތިމާއީ މަސައްކަތަކަށް އޮފީހެއް ހިންގަވާ ނަމަ އެ އޮފީހުގެ ހަރަދުތަކަށް ވެސް ދައުލަތުގެ ބަޖެޓުން މަހަކު 175،000 ރުފިޔާ ދޭން ޖެހެއެވެ.

ކުރީގެ ރައީސުންނަށް ދޭ އިނާޔަތްތަކުގެ ގޮތުގައި، ދަތުރުފަތުރުގެ ހަރަދާއި ބޭސްފަރުވާގެ ހަރަދުތައް ވެސް ދައުލަތުގެ ބަޖެޓުގައި ހިމެނެއެވެ.

Advertisement
Allied — Dhen Online (box)

މިކަމާ ގުޅޭ ގޮތުން ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ވިދާޅުވީ ރައީސްކަން ކޮށްފައިވާ މީހުންނަށް މާލީ އިނާޔަތުގެ ގޮތުގައި ކޮންމެ މަހަކު ދޭން ޖެހޭ 50،000 ރުފިޔާއާއި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ކޮންމެ މަހަކު ދޭ 50،000 ރުފިޔާ، ޖަލު ހުކުމާ ހަމައަށް ރައީސް ޔާމީން ނެންގެވި ކަމަށެވެ. ނަމަވެސް އިޖުތިމާއީ މަސައްކަތަށް އޮފީހެއް ނުހިންގަވާތީ، އެ އިނާޔަތް އެމަނިކުފާނު ނުނަންގަވާ ކަމަށް ވެސް ވަކީލުން ވިދާޅުވިއެވެ.

އެހެންކަމުން ޖަލު ބަންދުގެ މުއްދަތަށް ދިނުމަށް ރައީސް ޔާމީން އެދިފައި ވަނީ މަހަކު އެއް ލައްކަ ރުފިޔާއެވެ. ރައީސް ޔާމީން ޖަލު ބަންދުގައި ހުންނެވީ 24 މަހުއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް