ޚަބަރު

ކޮވިޑް-19 އަދާހަމަ: ފައްސިވީ އަދަދުތައް އަނެއްކާ ވެސް އިތުރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން މިއަދު އިތުރު 157 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by Hajj Corporation

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 38 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 117 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 2 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ. އަދި ކަނޑުއުޅަނދުފަހަރުން 4 މީހަކު މި ބައްޔަށް ވަނީ ފައްސި ވެފައެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 92،368 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 90،304 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 16 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 255 މީހުން ނިޔާވެފައި ވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!