Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކޮވިޑް-19 އަދާހަމަ: އަތޮޅުތެރެއިން މިއަދު ފައްސިވީ 102 މީހުން

ކޮވިޑް-19 އަދާހަމަ: އަތޮޅުތެރެއިން މިއަދު ފައްސިވީ 102 މީހުން

ރާއްޖެއިން މިއަދު އިތުރު 133 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 30 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 102 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 1 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.

Advertisement
Ooredoo — Truecaller (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 92،501 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 90،401 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 15 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 255 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް