Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

މުއްދަތު ހަމަވެފައިވާ ވެކްސިނެއް ރާއްޖޭގައި ނުޖަހާނެ: ޑރ. ނަޒްލާ

މުއްދަތު ހަމަވެފައިވާ ވެކްސިނެއް ރާއްޖޭގައި ނުޖަހާނެ: ޑރ. ނަޒްލާ

މުއްދަތު ހަމަވެފައިވާ ވެކްސިނެއް ރާއްޖޭގައި ނުޖަހާނެކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

މުއްދަތު ހަމަވެފައި ހުރި ވެކްސިން އަތޮޅުތެރޭގައި ބޭނުން ކުރާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން މުއްދަތު ހަމަވެފައިވީ ނަމަވެސް ވެކްސިން ބޭނުން ކުރުމަށް އެޗްޕީއޭއިން ހޮސްޕިޓަލްތަކަށާއި ސިއްޙީ މަރުކަޒުތަކަށް އަންގައިފައިވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން ޑރ. ނަޒްލާ ވިދާޅުވީ މުއްދަތު ހަމަވެފައިވާ ވެކްސިނެއް ރާއްޖޭގައި ބޭނުން ނުކުރާނެ ކަމަށާއި އެ ކަންބޮޑުވުން އަންނަނީ ފައިޒާ ވެކްސިންގެ ވައިލްގައި ޖަހާފައިވާ އެކްސްޕަޔަރީ ޑޭޓުންކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން އެ ވެކްސިންގެ އެކްސްޕަޔަރީ ޑޭޓް އިތުރު 3 މަހަށް ދަންމައިލައިފައިވާ ކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Advertisement
Ooredoo — Truecaller (box)

ފައިޒާ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހު ކުރިން އޮތީ 6 މަސް ދުވަހަށެވެ. ނަމަވެސް ފައިޒާ ވެކްސިންގެ މުއްދަތު ހަމަވާ ތާރީހު ވަނީ 9 މަހަށް އިތުރުކޮށްފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް