ބަންޑާރަކިޅީގެ ހަޓް ހަލާކުވެ ވީރާނާވަނީ

ފުވައްމުލަކުގެ ހިމާޔަތް ކުރެވިފައިވާ ބަންޑާރަކިޅީގައި ހަދައިފައިވާ ހަޓްގެ ސަރަހައްދު ވީރާނާވެ ހަލާކުވާން ފަށައިފިއެވެ.
ފުވައްމުލަކަށް ޒިޔާރަތް ކުރާ ފަތުރުވެރީންގެ މެދުގައި މަގުބޫލް ތަނެއްކަމަށްވާ ބަންޑާރަކިޅީގައި ހަދައިފައިވާ ފާޚާނާތައް ވެސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު ވާއިރު ވޯކްވޭ ވެސް ވަނީ ހަލާކުވެފައެވެ.
ބަންޑާރަކިޅީގެ އެ ހަޓްގައި މީގެ ކުރީން ވަނީ ރެސްޓޯރެންޓެއް ހިންގައިފައެވެ. ނަމަވެސް ކުލި ބޮޑުވުމުގެ ސަބަބުން ދެކޮޅު ނުޖެހޭތީ ތަން ހިންގި ފަރާތުން ވަނީ އެތަން ދޫކޮށްލައިފައެވެ. އޭގެ ފަހުން ތަން ނުބެލެހެއްޓި އެ ތަން ދަނީ ހަލާކުވަމުންނެވެ.
[caption id="attachment_129840" align="alignnone" width="1024"]<img class="wp-image-129840 size-large" src="https://cdn.dhen.mv/wp-content/uploads/2021/12/photo_2021-12-08-17.08.22-1024x768.jpeg" alt="" width="1024" height="768" /> ބަންޑާރަކިޅީގައި ހުންނަ ހަޓް | މި ތަން ވަނީ ވަރަށް ބޮޑަށް ވީރާނާވެފައި[/caption]
މިކަމާ ގުޅިގެން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާޢީލް ރަފީޤު ވިދާޅުވީ އެތަން ކުއްޔަށް ދިނުމަށް މިހާރު ފާސްކޮށްފައިވާ ކަމަށާއި ، ކެފޭ،ރެސްޓޯރެންޓް ހިންގުން ފަދަ ބޭނުންތަކަށް ކުއްޔަށް ދިނުމަށް ވަރަށް އަވަހަށް އިޢުލާންކުރައްވާނެ ކަމަށެވެ.
ގުދުރަތީ ރީތިކަން ލިބިފައިވާ ފުވައްމުލައް ސިޓީގައި ހިތްގައިމު ދެކުޅި އޮވެއެވެ. އެއީ ބަންޑާރަކިޅީގެ އިތުރުން ދަޑިމަގިކިޅިއެވެ. ދަޑިމަގިކިޅި ތަރައްޤީކޮށް "ނޭޗަރޕާކް"ގެ ގޮތުގައި އެ ތަން ވަނީ ނިމިދިޔަ ވެރިކަމުގައި ތަރައްޤީކޮށްފައެވެ.







ކޮމެންޓް