ޒިނޭއަކީ ދަރަންޏެއް، އެ ދަރަނި އަދާކުރާން ޖެހޭނީ ހިތްދަތިވާނެ ގޮތަކަށް
ބަދުއަޚްލާޤީ ޢަމަލު ހިންގުމާއި ޒިނޭއަކީ ނުބައިކަން ބޮޑުވެގެންވާ ފާފައެކެވެ. އެއީ ދެ ދުނިޔޭގެ އަބާއްޖަވެރިކަން ލިބޭ ފާފައެކެވެ. ދެ ދުނިޔޭގައި ވެސް ތިމާ ފަޟީޙަތްވާ ހުތުރު ޢަމަލެކެވެ.
ޒިނޭކުރާ ފިރިހެނުންނަށާއި އަންހެނުންނަށް ކަށްވަޅުގައި ވޭންދެނިވި ޢަޒާބު ހުއްޓެވެ. އެގޮތުން އެމީހުން ވާހުށީ އޭގެ މަތި ހަނި ކުރެވިގެންވާ އޭގެ ތިރީބައި ތަނަވަސްކުރެވިގެންވާ އުނދުނެއް ފަދަ ތަނެއްގައެވެ. އޭގެ ދަށުން އަލިފާންގަނޑެއް ވެއެވެ. އެމީހުން އޭގެތެރޭގައި ބަރަހަނާ ޙާލުގައި ތިބޭނެއެވެ. އަދި އެ އަލިފާންގަނޑު ގަދަޔަށް ރޯވެ މައްޗަށް އެރުމުން އެމީހުންގެ ހަށިތަކަށް ކެތްނުކުރެވިގެން ރޮއެ ހަޅޭއްލަވައިގަނެ އެތަނުގެ މަތީބަޔަށް އަންނާނެއެވެ. އެތަނުން ބޭރަށް ނުކުތުމަށް އެމީހުން އެދިއެދި ތިބޭނެއެވެ. ދެން އެ އަލިފާންގަނޑު ތިރިވެ މަޑުވުމުން އަނެއްކާ ވެސް އެމީހުން އެތަނުގެ ތިރިޔަށް ރުޖޫޢަވާނެއެވެ. ދެން މި ގޮތުގައި ތަކުރާރުވެ ޤިޔާމަތް ޤާއިމް ކުރެވެންދެން އެމީހުން ދެމިތިބޭނެއެވެ.
މީހަކު ޒިނޭކުރުމުގައި ދެމިހުންނަކަމުގައި ވަނީ ނަމަ އެ ޢަމަލުގެ ނުބައިކަން ބޮޑުވެގެންވެއެވެ. އަދި އުމުރުން ދުވަސްވެފައިވާ ޙާލު އޭނާ ކުރާ ޒިނޭގެ ނުބައިކަން ބޮޑުވެގެންވެއެވެ. ރަސޫލުﷲ ޟައްލަﷲ ޢަލައިހި ވަސައްލަމްގެ އަރިހުން އިބްނު ޢައްބާސް ރިވާކުރެއްވި ޙަދީޘްފުޅެއްގައި ވެއެވެ. (( ثَلَاثَةٌ لَا يُكَلِّمُهُمُ اللهُ يَوْمَ القِيَامَةِ وَ لَا يُزَكِّيْهِمْ وَ لَا يَنْظُرُ إِلَيْهِمْ وَ لَهُمْ عَذَابٌ أَلِيْمٌ: شَيْخٌ زَانٍ وَ مَلِكٌ كَذِابٌ وَ عَائِلٌ مُسْتَكْبِرٌ)) رواه مسلم މާނައީ: ” ޤިޔާމަތްދުވަހުން ތިން މީހަކާ ﷲ ތަޢާލާ ބަސްފުޅު ވަޙީ ނުކުރައްވާނެއެވެ. އަދި އެބައިމީހުންގެ ފާފަތަކުން ޠާހިރުނުކުރައްވާނެއެވެ. އަދި އެބަމީހުންނަށް އެއިލާހު ބައްލަވައިވޮޑިނުގަންނަވާނެއެވެ. އެއީ: ޒިނޭ ކުރާ މުސްކުޅިޔާއާއި ދޮގުވެރި ވެރިޔާއާއި ކިބުރުވެރި ފަޤީރުމީހާއެވެ.”
އަޅުގަނޑުމެންގެ މުޖުތަމަޢުގައި މިއަދު މިފަދަ ކަންކަމަކީ މަދުކަންކަމެކޭ ނުދެންނެވޭނެއެވެ. އަދި ކިއެއްތަ މި މުޖުތަމަޢު މިއަދު ވަނީ ޒިނޭ ފަދަ ނުބައި ޢަމަލުތަކުގެ ތެރޭގައި ތަތްތެޅިފައެވެ.
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބަޔަކީ ޝާފިޢީ މަޒުހަބުގެ މީހުންނޭ ބުނެ އެކަމަށް ދަޢުވާކޮށް ގަދަ ދައްކާއިރު މިކަމާ ގުޅޭ ގޮތުން އިމާމް ޝާފިޢީ ރަޙިމަހުﷲ ވިދާޅުވެފައިވާ ބަސްފުޅެއް ހަނދުމަކޮށްލައިދޭނަމެވެ.
ޒިނޭކުރާ މީހުންނާ ގުޅޭ ގޮތުން އެކަލޭގެފާނު ވިދާޅުވިއެވެ.
من يزني يُزنا به ولو بجداره
إن كنت يا هذا لبيبا فافهـــــــــم
"ޒިނޭކުރާ މީހާ ދަންނާށެވެ. އެމީހަކައިގެން ޒިނޭ ކުރެވޭނެއެވެ. އެއީ އެމީހެއްގެ ގޭގެ ފާރާ ނަމަވެސްމެއެވެ. (މާނައަކީ ކޮންމެވެސް އެއްގޮތަކުން އޭނަގެ އަހުލުންގެ ތެރެއިން ކޮންމެވެސް މީހަކާ ޒިނޭ ކުރެވޭނެއެވެ. ޒިނޭ ކުރަމުންދާ ނަމަ ތިމާ ހިތުގައި ޖެހޭ ކޮންމެވެސް މީހަކާ ޒިނޭ ކުރެވޭނެއެވެ.) ބުއްދިވެރިއެއްކަމުގައިވާ ނަމަ މިކަން ދަނެގެން ހުންނާށެވެ.
އަދިވެސް އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ.
إن الزنـا دين إذا أقرضــته ، كان الوفا من أهل بيتك فاعلم
"ދަންނާށެވެ. ޒިނޭއަކީ ދަރަންޏެކެވެ. (މާނައަކީ ތިބާ ޒިނޭކޮށްފި ނަމަ އެ ނެގީ ދަރަންޏެކެވެ.) ތިބާ އެ ދަރަނި ނަގައިފިކަމުގައިވާ ނަމަ ދަންނާށެވެ.އެ ދަރަނި އަދާ ކުރެވޭނީ ތިބާގެ އާއިލާގެ ތެރެއިންނެވެ."(މާނައަކީ ލޯބިވާ މީހުންގެ ތެރެއިންނެވެ. އަނބިމީހާއާ އެކުގައެވެ. ނުވަތަ ދަރިއަކާ އެކުގައެވެ. ނުވަތަ އުޚުތަކާ އެކުގައެވެ. ނުވަތަ އެމީހަކު އެ އަމަލެއް ކުރުމުން ތިމާ ހިތާމަ ކުރާނޭ މީހެއްގެ ފުށުން ކޮންމެވެސް އެހެން މީހަކު އައިސް އެކަން ކުރާނެއެވެ.)
ޒިނޭއަކީ ނުބައިކަން ބޮޑު ޢަމަލެއްކަމަށް ވީހިނދު އަދި އެއަށް ވުރެ ނުބައިކަން ބޮޑު ކަމަކީ އެ ވާހަކަތައް ފެތުރުމެވެ. ފަޚުރެއްކަމަށް ދެކިގެން ތިމާ ، ކޮންމެވެސް މީހެއްގެ ދައްތައެއް، ކޮއްކޮއެއް ނުވަތަ އަނތްބަކާ ފާހިޝް ޢަމަލު ހިންގި ވާހަކަ ދައްކާ އިރު ހަނދާން ނުހުންނަ ކަމަކީ ތިމާގެ ލޯބިވާ މީހަކާ ވެސް އެ ފަދަ ޢަމަލެއް ބައްދަލުކޮށްފާނެ ކަމެވެ.
(ޝައިޚް ޢަބްދުއްސަލާމް ދާވޫދުގެ ދަރުހަކުން)
ޒިނެއާގާތް ނުވުމަށް ގުރުއާނުގެ މަތިވެރި އާޔަތެއް ފުދެއެވެ. މީގަ އިމާމް ޝަފިއީގެ ބަސްފުޅެއް ބޭނުންވޭތޯ؟ މިބަސްފުޅު ގެނައުމުގެ ބޭނުނަކީ ކޮބައިތޯ. އަޅުގަނޑު ނަބަވީ ހަދީސުން ދުވަހަކުވެސް ދެކިފަނުވާ ބަސްފުޅެއް މިތާމިވަނީ. ކޮންމެއަކަސް ގުރުއާނުގައި ވުމުން މުސްލިމަކު އެއަށް ތަބާވާން ވާޖިބް.
ި ކޮންމެ ކަމެއްގައިވެސް ބަލަންޖެހޭނި ގުރުޢާން އަދި ސުންނަތައްް
މަޛުހަބަކަށް ނޫން މަޛުހަބުވެސް ރައްދު ކުރަން ޖެހޭނި ހަމަ ގުރްޢާން އާ ސުންނަތައްް
އެއީ އެ ބޭކަލުންގެ އަމިއްލަ އޮޕީނިއަން އެއް ނޫން ވިއްޔާ
މަޒުހަބް އެއީ އިލްމުވެރި މުޖުތަހިދު ސަލަފުއްސާލިހު އިމާމުންގެ ރައުޔު އެކިއެކި ފިޤުހީ މައްސަލަތަކުގައި އެބޭކަލުންގެ ރައުޔަކީ ހައްޤުގޮތް ކަމުގައި ވާނަމަ އެޔަށް އަމަލު ކުރެވެން ޖެހޭ !