ޚަބަރު

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖެއިން މިއަދު އިތުރު 218 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

Ads by MWSC

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 20 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 188 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 10 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 93،064 މީހުންނެވެ.

ބަލިން ފަސޭހަވެފައި ވަނީ 90،861 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 15 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 257 މީހުން ނިޔާވެފައި ވެއެވެ.

Ads by Allied Insurance
  1. ކަނބުލޮ

    މި ކޮވިޑުންއަރައިގަނެވޭނެކަމުގެޔަޤީންކަމެއްނެތް ހިސާބަށްވުރެޖާހިލުކަންބޮޑުވީމަ މާތްﷲގެމުޞީބާތްތަށްއަންނާނެ އިންސާނުންގެސޫރާގައިތިއްބަސް މިހާރުގިނައީސައިތާނުން ހައިވާނުން