ޚަބަރު އިޖުތިމާޢީ

ދިއްދޫން އިތުރު 10 މީހުން ކޮވިޑަށް ފައްސިވެއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހއ.ދިއްދޫން އިތުރު 10 މީހުން ކޮވިޑަށް ފައްސިވެއްޖެއެވެ.

Ads by MWSC

ދިއްދޫގައި ހުންނަ އެ އަތޮޅުގެ ހޮސްޕިޓަލުން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ރަށުން އަލަށް ފައްސިވެފައި ވަނީ 3 ފްލޫ ކްލިނިކް ސާމްޕަލާއި އެއްތާވި މީހުންގެ ގޮތުގައި ހިމެނޭ ތިން މީހަކާއި ވަކި ތަރުތީބެއް ނެތި ނެގުނު 3 ސުންކެކެވެ. 

މިހައިތަނަށް ދިއްދޫން ފައްސި ވެފައިވާ މީހުންގެ އަދަދު ވަނީ 160އަށް އަރައިފައެވެ. އެ ރަށުން ޖުމްލަ 1778 ސުންކު ވަނީ ނަގައިފައެވެ. އޭގެ ތެރެއިން ނަތީޖާ ނުލިބި ވަނީ 5 ސުންކެވެ. އަދި ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 49 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. 

މިއަހަރުގެ މިހައިތަނަށް ދިއްދޫ ވަނީ ހަތަރު ފަހަރެއްގެ މަތީން މޮނީޓަރީންއަށް ލެވިފައިއެވެ. އެންމެ ފަހުން މޮނިޓަރިންއަށް ލައިފައިވަނީ އެ ރަށުން ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެގެންނެވެ. 

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 93،064 މީހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!