Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސިޓީ ކައުންސިލުގެ މައްޗަންގޯޅީ އޮފީސް ފަޅައިލައި ފައިސާތަކެއް ވަގަށް ނަގައިފި

ސިޓީ ކައުންސިލުގެ މައްޗަންގޯޅީ އޮފީސް ފަޅައިލައި ފައިސާތަކެއް ވަގަށް ނަގައިފި

މާލޭސިޓީ ކައުންސިލުގެ މައްޗަންގޯޅީ އޮފީސް ފަޅައިލައި ފައިސާތަކެއް ވަގަށް ނަަގައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެސިޓީ ކައުންސިލުގެ މައްޗަންގޯޅި އޮފީސް ފަޅައިލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިއަދު ހެނދުނު 7:00ހައިއިރު ކަމަށާއި މި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝް ވިދާޅުވީ ފައިސާތަކެއް ވަގަށް ނަގައިފައިވާ ކަމުގެ މައުލޫމާތު އެ އޮފީހުގެ ބައެއް މުވައްޒަފުންގެ ފަރާތުން ލިބިފައިވާ ކަމަށެވެ. ނަމަވެސް ވަގަށް ނަގައިފައިވާ ފައިސާގެ ސީދާ އަދަދެއް އަދި ނޭނގޭ ކަމަށް ވެސް ނަރީޝް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

"ފައިސާތަކެއް ގެއްލިފައިވާ ކަަމަށް ބައެއް މުވައްޒަފުން އެބަ ބުނޭ. އެކަން ސާފުވާނީ ފުލުހުންގެ ތަހުގީގު ނިމި، ގެއްލުމުގެ އެސެސްމެންޓް ނިމުމުން" ނަރީޝް ވިދާޅުވިއެވެ.

މާލެސިޓީ ކައުންސިލުގެ މައްޗަންގޯޅި އޮފީހުގެ މައިގަނޑު މަސައްކަތަކީ ސިޓީ ކައުންސިލްގެ ހިއުމަން ރިސޯސަސް (އެޗްއާރުު)ގެ މަސައްކަތްތަކާއި، އެ ކައުންސިލްގެ ދަށުގައިވާ އެސެޓްތަކާ ބެހޭ މައުލޫމާތުތައް އަދާހަމަކޮށް، ބެލެހެއްޓުމެވެ. އެތަނަކީ ކުރިން މައްޗަންގޮޅީ އަވަށު އޮފީސް ހިންގި އިމާރާތެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް