ކޮވިޑަށް ފައްސިވީ އަދަދުތައް މިއަދު ބޮޑުތަނުން ދަށަށް!

ރާއްޖެއިން މިއަދު އިތުރު 55 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 10 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 37 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 8 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 93،119 މީހުންނެވެ.
ބަލިން ފަސޭހަވެފައި ވަނީ 90،924 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 15 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހާތަނަށް 258 މީހުން ނިޔާވެފައި ވެއެވެ.