ޚަބަރު އިޖުތިމާޢީ

ދިއްދޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 172އަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ހއ.ދިއްދޫން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 172އަށް އަރައިފިއެވެ.

Ads by STELCO

ދިއްދޫގައި ހުންނަ އެ އަތޮޅުގެ ހޮސްޕިޓަލުން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ރަށުން އަލަށް ފައްސިވެފައި ވަނީ 11 މީހުންނެވެ. އެއީ 2 ފްލޫ ކްލިނިކް ސުންކާއި އެއްތާވި މީހުންގެ ގޮތުގައި ހިމެނޭ 9 މީހުންނެވެ.

މިހައިތަނަށް ދިއްދޫން ފައްސި ވެފައިވާ މީހުންގެ އަދަދު ވަނީ 172އަށް އަރައިފައެވެ. އެ ރަށުން ޖުމްލަ 2120 ސުންކު ވަނީ ނަގައިފައެވެ. އޭގެ ތެރެއިން ނަތީޖާ ނުލިބި ވަނީ 249 ސުންކެވެ. އަދި ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 71 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ. 

މިއަހަރުގެ މިހައިތަނަށް ދިއްދޫ ވަނީ ހަތަރު ފަހަރެއްގެ މަތީން މޮނީޓަރީންއަށް ލެވިފައިއެވެ. އެންމެ ފަހުން މޮނިޓަރިންއަށް ލައިފައި ވަނީ އެ ރަށުން ފްލޫ ކްލިނިކަށް ދެއްކި މީހަކު ފައްސިވެގެންނެވެ. 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!