ޚަބަރު

ވެކްސިން ފުރިހަމަކުރުމުން ކަރަންޓީންވުމަކާ ނުލައި ދިވެހިންނަށް ސިންގަޕޫރަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

ކޮވިޑަށް ދިފާއު ވުމަށް ޖަހާ ވެކްސިން ޑޯޒް ފުރިހަމަކޮށްފައިވާ ދިވެހީންނަށް، ކަރަންޓީންވުމަކާ ނުލައި ސިންގަޕޫރަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

Ads by MWSC

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވީ، ކަރަންޓީންވުމަކާ ނުލައި ދިވެހިރާއްޖެއިން ސިންގަޕޫރަށް ދަތުރުކުރެވޭނީ މިމަހުގެ 16ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

ޓްރެވަލް ލޭނުގެ ދަށުން ސިންގަޕޫރަށް ދަތުރުކުރަން ބޭނުންވާ ދިވެހިން ރަޖިސްޓްރީވާން ޖެހޭނެއެވެ. ދިވެހިންގެ ތެރެއިން، ވެކްސިން ފުރިހަމަކޮށް އެޗްޕީއޭގެ ޑިޖިޓަލް ވެކްސިން ސެޓްފިކެޓް އޮތް ބޮޑެތި މީހުންނާއި ކުޑަކުދިންނަށް ވެސް، ކަރަންޓީނަކާ ނުލައި ސިންގަޕޫރަށް އެތެރެ ވެވޭނެއެވެ. މިދަތުރުތަކަށް ކޯވިޑް ޓެސްޓުކުރަން ޖެހެނީ ދަތުރަށް ފުރާ ގަޑީގެ 48 ގަޑިއިރުގެ ތެރޭގައެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ވިދާޅުވީ، މި ޓްރެވެލް ލޭން އެކުލަވައިލައިފައި ވަނީ ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީއާ ފޮރިން މިނިސްޓްރީ، ހެލްތް މިނިސްޓްރީ އަދި ސިންގަޕޫރުގެ މިނިސްޓްރީ އޮފް ޓްރާންސްޕޯޓާ އެކު ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!