ދިއްދޫން ކޮވިޑަށް ފައްސިވި މީހުންގެ އަދަދު 175އަށް

ހއ.ދިއްދޫން ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު 175އަށް އަރައިފިއެވެ.
ދިއްދޫގައި ހުންނަ އެ އަތޮޅުގެ ހޮސްޕިޓަލުން އާންމު ކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެ ރަށުން އަލަށް ފައްސިވެފައި ވަނީ 3 މީހުންނެވެ. އެއީ 1 ފްލޫ ކްލިނިކް ސުންކާއި އެއްތާވި މީހުންގެ ގޮތުގައި ހިމެނޭ އެކަކާި ވަކި ތަރުތީބެއް ނެތި ނެގުނު ސުންކެކެވެ.
މިހައިތަނަށް ދިއްދޫން ފައްސި ވެފައިވާ މީހުންގެ އަދަދު ވަނީ 175އަށް އަރައިފައެވެ. އެ ރަށުން ޖުމްލަ 2120 ސުންކު ވަނީ ނަގައިފައެވެ. އޭގެ ތެރެއިން ނަތީޖާ ނުލިބި ވަނީ 231 ސުންކެވެ. އަދި ކޮވިޑަށް ފައްސިވި މީހުންގެ ތެރެއިން 71 މީހުން ވަނީ ބަލިން ފަސޭހަވެފައެވެ.
މިއަހަރުގެ މިހައިތަނަށް ދިއްދޫ ވަނީ ހަތަރު ފަހަރެއްގެ މަތީން މޮނީޓަރީންއަށް ލެވިފައިއެވެ. އެންމެ ފަހުން މޮނިޓަރިންއަށް ލައިފައި ވަނީ އެ ރަށުން ފްލޫ ކްލިނިކަށް ދެއްކި މީހަކުފައްސިވެގެންނެވެ.