Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: އިތުރު ދެ މީހަކު ހައްޔަރުކޮށްފި

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: އިތުރު ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނެއްގަައި 119 ކިލޯ މަސްތުވާތަކެތި އަތުލައިގަނެފައިވާއިރު އެ މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ ޓެކްސީއެއްގެ ޑިކީ ތެރެއިން މަސްތުވާތަކެތި ފެނުނު މައްސަލައާ ގުޅިގެން ފުރަތަމަ ހައްޔަރުކޮށްފައި ވަނީ ގދ. ހޯނޑެއްދޫ އަލޯރާ/ އަހުމަދު މުޖާހިދު (29އ.) އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 14 ދުވަސް ޖަހައިފައެވެ.

ފުލުހުން މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން އިތުރު ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެމީހުންގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްދީފައިވާ ކަމަށެވެ. މި މައްސަލައިގައި އިތުރަށް ހައްޔަރު ކޮށްފައި ވަނީ އުމުރުން 51 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ.

Advertisement
Allied Insurance — Square (box)

ސަތޭކަ ނަވާރަ ކިލޯގެ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޓެކްސީއެއްގެ އިތުރުން މާލޭގެ ތިން ގެއަކާއި ހުޅުމާލޭގެ ގެއަކާއި ޕްރައިވެޓް ކާރެއް އަދި ތިން ސައިކަލް ބަލައި ފާސްކޮށްފައެވެ.

އޭގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައި ވަނީ ޓެކްސީގެ ޑިކީ ތެރެއިންނެވެ. އޭގެ އިތުރުން ޕްރައިވެޓް ކާރުގެ ޑިކީ ތެރެއިންނާއި ސައިކަލެއްގެ މަޑި ދަށުން ވެސް ވަނީ މަސްތުވާތަކެތި ފެނިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް