ބޮލީވުޑް މުނިފޫހިފިލުވުން

ސަލްމާންއާ އެކު "ޓައިގަރ 3" ނިންމަން ކެޓްރީނާ ތައްޔާރު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އެތައް ބަޔަކު އިންތިޒާރު ކުރަމުންދާ ސަލްމާން ޚާންއާއި ކެޓްރީނާގެ ފިލްމު "ޓައިގަރ 3"ގެ އެންމެ ފަހުގެ ޝޫޓިންގތައް ނިންމައިލާން އެ ދެތަރިން ތައްޔާރުވެއްޖެއެވެ.

Ads by Sosun Fihaara

މަނީޝް ޝަރްމާ ޑައިރެކްޓު ކުރާ މި ފިލްމުގެ ޝޫޓިންގް މީގެ ކުރިން ނަގައިފައި ވަނީ ރަޝިއާ، ތުރުކީ އަދި އޮސްޓްރިއާގައެވެ. ފިލްމުގެ ބާކީ ހުރި ސީންތައް މުމްބާއިގައި ނެގުމަށް ތައްޔާރުވެފައި ވާތީ، މި ދެތަރިންގެ ފޭނުން މިހާރު ވެސް ލޮކޭޝަނަށް އެއްވެއްޖެ ކަމަށާއި އެހެންކަމުން ސެކިއުރިޓީން މިހާރު ވެސް ގެންދަނީ އެތަން ބަލަހައްޓަމުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ސަލްމާންއާއި ކެޓްރީނާގެ މި ފިލްމަކީ "އެކް ތާ ޓައިގަރ" އަދި "ޓައިގަރ ޒިންދާހޭ"ގެ ތިންވަނަ ބައެވެ. މި ދެ ފިލްމަކީ ވެސް ބޮކްސް އޮފީހުގައި ނުހަނު ކާމިޔާބު ދެ ފިލްމަށްވުމުން، "ޓައިގަރ 3"އަށް ބެލުންތެރިން ކުރާ އުންމީދު ވެސް ބޮޑެވެ.

މި ފިލްމުގެ ޝޫޓިންގ ފެށޭނެ ސީދާ ދުވަހެއް އަދި ބުނެފައި ނެތް ނަމަވެސް، މިއީ 15 ދުވަހުގެ ޝޫޓިންއެއް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!