ދުނިޔެ

އޮމިކްރޮން ފެތުރޭ މިންވަރު ކޮންމެ ތިން ދުވަހުން އެއްދުވަހު އަންނަނީ ޑަބަލްވަމުން: ޑަބްލިޔުއެޗްއޯ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކޮވިޑް-19ގެ އައު ވޭރިއަންޓް ކަމަށްވާ އޮމިކްރޯން ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކަމަށާއި އެގޮތުން ކޮންމެ ތިން ދުވަހުން އެއް ދުވަހު އަދަދުތައް ޑަބަލްވަމުން އަންނަ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފިއެވެ.

Ads by Sosun Fihaara

އދ. ގެ ހެލްތު އެޖެންސީން ބުނީ މިހައި ތަނަށް 89 ޤައުމަކުން ކޮވިޑްގެ އޮމިކްރޯން ވޭރިއަންޓް ފެނިފައިވާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނީ އޮމިކްރޯން ވޭރިއަންޓް ހަލުވި ކަމާއެކު ފެތުރިފައިވާ ޤައުމުތަކުގައި ގިނައީ ދިފާއީ ނިޒާމު ބަލިކަށި މީހުންކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. ނަމަވެސް ދިފާއީ ނިޒާމު ބަލިކަށިވީ އެ ވޭރިއަންޓްގެ ސަބަބުންކަން އަދި އެނގިފައި ނުވާ ކަމަށް ވެސް ޑަބްލިޔުއެޗްއޯއިން ބުނެފައިވެއެވެ.

އޮމިކްރޯން ވޭރިއަންޓް އެންމެ ފުރަތަމަ ފެނިފައި ވަނީ ދެކުނު އެފްރިކާއިންނެވެ. އެއަށްފަހު މި ވޭރިއަންޓަކީ ކަންބޮޑުވާން ޖެހޭ ވަރު ވޭރިއަންޓެއް ކަމަށް ޑަބްލިޔުއެޗްއޯއިން ކަނޑައެޅީ މިދިޔަ ނޮވެމްވަރު މަހުގެ 26ވަނަ ދުވަހުގައެވެ. ނަމަވެސް މިވޭރިއަންޓާ ގުޅޭ އިތުރު މައުލޫމާތެއް އަދި މިހައިތަނަށް ލިބިފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!