ޚަބަރު އިޖުތިމާޢީ

އޮރެންޖް ކުލައާ އެކު އެފްއެސްއެމްގެ ލޯގޯ ރީބްރޭންޑް ކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރަސްމީ ކުލަ އޮރެންޖު ކުލައަށް ބަދަލުކޮށް ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ލޯގޯ ރީބްރޭންޑް ކޮށްފިއެވެ.

Ads by MWSC

އެޕްއެސްއެމް ރިބްރޭންޑް ކޮށް އައު ލޯގޯ އިފްތިތާހްކޮށްދެއްވީ އެކަމަށް ޓަކައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމްއެވެ.

އެފްއެސްއެމް ރީބްރޭންޑް ކުރުމުގެ ހަފްލާގައި އެފްއެސްއެމްގެ 21 އަހަރުވީ ލޯގޯ ބަދަލުކޮށް އެ ކުންފުނީގެ އައު ލޯގޯ ވަނީ އިފްތިތާހުކޮށްފައެވެ.

ރީބްރޭންޑް ކުރުމާއެކު އެ ކުންފުނީގެ މުވައްޒަފުންގެ ޓީޝާޓާއި ޔުނީފޯމު ވެސް ވަނީ އޮރެންޖް ކުލައަށް ބަދަލުކޮށްފައެވެ. ކުރިން އެ ކުންފުނިން ބޭނުން ކުރަމުން އައީ ނޫކުލައިގެ ޓީޝާޓެކެވެ.

އަލަށް އިފްތިތާހުކުރެވުނު ލޯގޯއާ އެކު އެ ކުންފުނީގެ ޝިއާރު ވެސް ވަނީ "ފިއުލިން ދަ ނޭޝަން"އަށް ބަދަލުކޮށްފައެވެ.

Ads by Allied Insurance
  1. މާސާ

    ކުރިން ބޭނުން ކުރަމުން އައީ އަޅި ކުލައިގެ ޔުނީފޯމް، ޝެޑު މުވައްޒަފުން ފެހި ކުލަ. މާ ކުރިން ޝެޑު މުވައްޒަފުން ނޫ ކުލައިގެ ޔުނީފޯމް ލައިގެން އުޅުނީ.