މުނިފޫހިފިލުވުން ދިވެހި ސިނަމާ

ޝަރާގެ ފުރަތަމަ ވީޑިއޯ ލަވަ "ތިޔަ ސޫރަ"އިން ތުރުކީގެ ރީތިކަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބައިސްކޯފުގެ ކާމިޔާބު ވެބްސީރީޒް "އެހެނަސް"އިން ދިވެހި ފިލްމު އިންޑަސްޓްރީއަަށް ތައާރަފުވި ފާތިމަތު ޝަރާގެ ފުރަތަމަ ވީޑިއޯ ލަވަ ރިލީޒް ކުރުމަށް ތައްޔާރު ވެއްޖެއެވެ.

Ads by STELCO

"ތިޔަ ސޫރަ" ނަމަކަށް ކިޔާ މި ލަވައިގައި ހަރަކާތްތެރި ވަނީ ޝަރާގެ އިތުރުން މަޝްހޫރު ފެޝަން ޑިޒައިނަރ ޖާދުﷲ އިސްމާއީލެވެ.

ތުރުކީގެ އިސްތަންބުލްގެ ހިތްގައިމު މަންޒަރުތައް ދައްކުވައިދޭ މި ލަވަ ޑައިރެކްޓު ކޮށްފައިވަނީ މި ދާއިރާގައި މޭކަޕް އާޓިސްޓެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން ހަރަކާތްތެރިވަމުން އަންނަ ހަސަން އާދަމެވެ.

ޝަރާގެ އެންމެ ފުރަތަމަ ވީޑިއޯ ލަވަ "ތިޔަ ސޫރަ" ރިލީޒް ކުރަން ހަމަޖެހިފައި ވަނީ އަންނަ އައު އަހަރު ފެށޭ ދުވަހުއެވެ.

މި ލަވައިގެ ޓީޒަރ މިއަދު ޔޫޓިއުބްގައި ރިލީޒްކޮށްފައިވާ އިރު، މިހާރު ވެސް ޓީޒަރއަށް 2100އަށް ވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.

ޖާދު ޕްރޮޑިއުސް ކޮށްފައިވާ މިލަވައިގެ ލިރިކްސް ހަދައިފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު އަބްދުލްޣަނީ (ތޭރަ)އެވެ. އަދި މި ލަވަ ކިޔައިފައި ވަނީ ތޭރައާއި އައިޝަތު ޖުނީ ޖިނާހެވެ.

"ދެން"އަށް މައުލޫމާތު ދެމުން ޝަރާ ބުނީ މިލަވައިގެ ޝޫޓިންގ އެއްކޮށް ނިންމައިލައިފައިވަނީ އެންމެ ތިން ދުވަހުގެ ތެރޭގައި ކަމަށެވެ.

މިއީ ވަރަށް ފޮނި އުންމީދުތަކެއް ކުރެވޭ ލަވައެއް ކަމަށާއި ފުރަތަމަ ވީޑިއޯ ލަވައިގެ ޝޫޓިންގައި ކުރެވުނު ތަޖުރިބާތައް ވެސް ވަރަށް އުފާވެރި ކަމަށް ޝަރާ ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!