Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި

100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހުންނަށް ދައުވާ ކުރަން ހުށަހަޅައިފި
މިދިޔަ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނެއްގެ ތެރެއިން 100 ކިލޯ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 10 މީހުންގެ މައްޗަށް ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ ކޯޑިނޭޓަރ އަޙްމަދު ޝަފީޢު ވިދާޅުވީ، މި އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ބަރުދަނުގައި ގާތްގަނޑަކަށް 100 ކިލޯ ހުންނަވަރުގެ މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ދައުވާތައް ކުރުމަށް 20 ޑިސެންބަރު 2021 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅައިފައިވާ ކަމަށެވެ.

ދައުވާ ލިބޭ ފަރާތްތަކާއި އެމީހުންގެ މައްޗަށް ކޮށްފައިވާ ކުށުގެ ދައުވާތައް:

▪︎ ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 105 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާ: 1. ހދ. ކުމުންދޫ، ޑިއާފުރެންޑް، އިބްރާހީމް ސިނާނު 2. ގއ. ކޮލަމާފުށި، ސޯސަންގެ، އިބްރާހީމް ޒާއިދު ޙަބީބު 3. ކ. މާފުށި، ސްވީޓްމީޑް، އަޙްމަދު މާހިރު 4. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ ޑީއެމް މޮބިން 5. ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްޠަފާ 6. ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު 7. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީޤުލް އިސްލާމް 8. ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިން ▪︎ ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 115 ވަނަ މާއްދާގެ ދަށުން، ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދަޢުވާ: 1. ގއ. ދެއްވަދޫ، ދޭލިޔާގެ، މިދުޙަތު އިބްރާހީމް 2. މ. ކޮޅުފުށި، ޒަހީރާމަންޒިލް، އަޙްމަދު ސިރުޙާން ޝަމީމް 3. ނ. ވެލިދޫ، ބީޗްހެވަން، ޖުމާން މުސްޠަފާ 4. ލ. ކަލައިދޫ، ޖަނަވަރީމާގެ، މުޙައްމަދު އަޙްމަދު 5. ބަނގްލަދޭޝް ރައްޔިތެއްކަމަށްވާ އެމް.ޑީ ރަފީޤުލް އިސްލާމް ▪︎ ޤާނޫނު ނަންބަރު: 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) ގެ 114 ވަނަ މާއްދާގެ ދަށުން، ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދަޢުވާ: 1. ދ. ބަނޑިދޫ، ޕޮލަރިސް، މުޙައްމަދު ޙުސައިން މި އަހަރުގެ އޮކްޓޯބަރު މަހުގެ 13ވަނަ ދުވަހު ރާއްޖެއަށް 100 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި ހަރަކާތްތެރިވި 10 މީހަކު ހައްޔަރު ކުރި ނަމަވެސް، ފުލުހުން ވަނީ މިކަމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކުރާ ދެ މީހުންގެ ވަނަވަރު ސިއްރުކޮށް، ބާކީ ތިބި އަށް މީހުންގެ މައުލޫމާތު ހާމަކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް