ޚަބަރު

އަރަބި އިސްލާމީ ތައުލީމު ރާއްޖެއަށް ވަރަށް މުހިންމު: ރައީސް މައުމޫން

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ ވީ ނިއުސް

އަރަބި އިސްލާމީ ތައުލީމު ރާއްޖެއަށް ވަރަށް މުހިންމު ކަމަށް ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އަރަބިއްޔާ ސުކޫލުގެ ޕީޓީއޭގެ މެންބަރުންނާ ބައްދަލުކުރެއްވުމަށް ފަހު ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަރަބިއްޔާ ސުކޫލަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ބޭނުންވާ ފިޔަވަޅުތައް ސަރުކާރުން އަޅުއްވަމުން ގެންދަވާ ކަމަށް ޕީޓީއޭގެ މެންބަރުން ވިދާޅުވި ކަމަށާ އެކަމާ އުފާކުރައްވާ ކަމަށެވެ.

މީގެ އިތުރުން އަރަބި އިސްލާމީ ތައުލީމު ރާއްޖެއަށް ވަރަށް މުހިންމު ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

އަރަބިއްޔާ ސުކޫލުގެ މައްސަލަ ހޫނުވެފައި ވަނީ އެ ސުކޫލުގެ ކިޔެވުން އިއްޒުއްދީން ސުކޫލްގެ އިމާރާތުގައި ކުރިއަށް ގެންދިޔުމަށް ނިންމުމާ ގުޅިގެންނެވެ. މި ގޮތަށް ހަމަޖެއްސީ އެންމެ 8 އަހަރުވީ ޢަރަބިއްޔާ ސުކޫލުގެ އިމާރާތުގައި ރެނދުލައި ބޮޑެތި ގެއްލުންތައް ލިބެމުންދާތީއެވެ.

މި މައްސަލައާ ގުޅިގެން އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނާ ބައްދަލުކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ބައު ޖަމާލުއްދީން ހުންނަ ބިމުގައި އަރަބިއްޔާ ސުކޫލުގެ އައު އިމާރާތެއް އަޅަން އެ ބިން ހަމަޖައްސައިދެއްވަން ނިންމަވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!