Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މޭގަން މާކަލްއާއި ޕްރިންސް ހެރީގެ އަންހެން ދަރިފުޅުގެ ފުރަތަމަ ފޮޓޯ ހިއްސާކޮށްފި

މޭގަން މާކަލްއާއި ޕްރިންސް ހެރީގެ އަންހެން ދަރިފުޅުގެ ފުރަތަމަ ފޮޓޯ ހިއްސާކޮށްފި

ޑިއުކް އޮފް ސަސެކްސް ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ އަންހެން ދަރިފުޅު ލިލީބެޓް މައުންޓްބެޓެން-ވިންޑްސާގެ ފުރަތަމަ ތަސްވީރު އެ ދެމަފިރިންގެ ރަސްމީ ކްރިސްމަސް ކާޑުގައި ހިއްސާކޮށްފިއެވެ.

އާއިލީ ޕޯޓްރެއިޓެއް ކަމަށްވާ މި ފޮޓޯއިން ފެންނަނީ އެ ދެމަފިރިން ގެ ދެ ދަރިން ކަމަށްވާ މިސް ލިލީބެޓް އާއި ދަރިފުޅު އަރޗީ ހެރިސަން މައުންޓްބެޓެން-ވިންޑްސާއެވެ. މި ފޮޓޯގައި މޭގަން މާކްލް ހުރީ ހަ މަހުގެ ލިލީބެޓް އުރައިލައިގެންނެވެ.

‎"އަރޗީ އަހަރެމެން 'މަންމާ' އަދި 'ޕާޕާ' އަށް ހެދިކަމުގައި ވިޔަސް މިއަހަރު (2021)ގައި އަހަރެމެންގެ އަންހެން ދަރިފުޅު ލިލީބެޓް ދުނިޔެއަށް މަރުހަބާ ކިޔައި، ލިލީ އަހަރެމެން އާއިލާ އަކަށް ހަދައިދިން،" އެ ދެމަފިރިންގެ ކާޑުގައި ބުނެފައި ވެއެވެ.

Advertisement
HDC — Sidebar (box)

އުމުރުން 40 އަހަރުގެ މޭގަން މާކަލްއާއި 37 އަހަރުގެ ޕްރިންސް ހެރީ މިދިޔަ އަހަރު ފްރޮންޓްލައިން ރޯޔަލް ޑިއުޓީތަކުން ވަކިވުމަށް ފަހު މިހާރު ދިރިއުޅެމުން ދަނީ އެމެރިކާގެ ކެލިފޯނިއާގައެވެ.

މިދިޔަ އަހަރު އެ ދެމަފިރިން ވަނީ ޝާހީ އާއިލާއާ އެކު އޮތް މާލީ ގުޅުން ކަނޑައިލައިފައެވެ. އެ މީހުން ވަނީ ސްޓްރީމިން ކުންފުނި ނެޓްފްލިކްސް އާއި އެޕަލް ޓީވީ+އާ އެކު ފައިދާހުރި ޑީލްތަކެއްގައި ސޮއިކޮށްފައެވެ. މި އަހަރުގެ ކުރީކޮޅު މޭގަން މާކަލްއާއި ޕްރިންސް ހެރީ އޯޕްހާ ވިންފްރޭއަށް ދިން އިންޓަވިއުއެއްގައި ޝާހީ އާއިލާގެ އިސް މެމްބަރެއްގެ މައްޗަށް ނަސްލީ ތަފާތުކުރުމުގެ ތުހުމަތުކޮށްފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް