Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ވައިގެ ތެރޭގައި އޮއްވާ މަތިންދާ ބޯޓުގެ އިމަޖެންސީ ދޮރު ހުޅުވަން ދިވެއްސަކު މަސައްކަތް ކޮށްފި

ވައިގެ ތެރޭގައި އޮއްވާ މަތިންދާ ބޯޓުގެ އިމަޖެންސީ ދޮރު ހުޅުވަން ދިވެއްސަކު މަސައްކަތް ކޮށްފި

މަތިންދާ ބޯޓެއް ވައިގައި އުދުއްސަމުން ދަނިކޮށް، ފްލައިޓްގެ އިމަޖެންސީ ދޮރު ހުޅުވަން މީހަކު މަސައްކަތްކޮށްފިއެވެ.

އިންޑިއާއިން ރާއްޖެއަށް ދަތުރުު ކުރި، އިންޑިގޯ އެއަރލައިންގެ މި މަތިންދާ ބޯޓުގެ އިމަޖެންސީ ދޮރު ހުޅުވަން މަސައްކަތްކޮށްފައި ވަނީ ދިވެއްސެކެވެ.

މަތިންދާ ބޯޓުގެ ތެރޭގައި އެވަގުތު ހުރި މީހަކު ވަނީ ފޭސްބުކްގައި މިވާހަކަތައް ހިއްސާކޮށްފައެވެ. އޭނާ ކިޔައިދީފައިވާ ގޮތުން، ދޮރު ހުޅުވަން މަސައްކަތް ކުރި މީހާ ދޮރާ ކުޅެން ފެށުމުން ވަނީ އެލާމް އަޅައިފައެވެ. އަދި އެކަން ހުއްޓުވައިފައި ވަނީ ފްލައިޓްގެ ކެބިން ކްރޫކަމަށް އޭނާ ބުންޏެވެ. އަދި އެ ގޮތަކަށް އަމަލުތައް ނުބެހެއްޓުމަށާއި އެއީ ޤާނޫނީ ގޮތުން ކުރުން މަނާ އަދި އެހައިމެ، ނުރައްކާތެރި ކަމެއް ކަމަށް ކެޕްޓަން އިރުޝާދު ދެއްވި ކަމަށް އޭނާގެ ޕޯސްޓްގައި ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

އެ ޕޯސްޓްގައި އިތުރަށް ބުނެފައި ވަނީ، އެތައް ބައެއްގެ ފުރާނަ ނުރައްކަލަށް ހުށަހަޅުމުން ވެސް އޭނާއާ މެދު ފިޔަވަޅެއް އަޅައިފައި ނުވާ ކަމަށެވެ. އެ ޕޯސްޓަށް ކޮމެންޓް ކުރި މީހުން ވަނީ އޭނާ ހޯދައި ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ގޮވައިލައިފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް