Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1500 ގަސް އިންދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1500 ގަސް އިންދަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 1500 ގަސް އިންދަން ކްލީން މޯލްޑިވްސްގެ ފަރާތުން ނިންމައިފިއެވެ.

ގަސް އިންދުމުގެ މި ހަރަކާތް ފެށުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ރުއްގަނޑު ސަރަހައްދުގައި މާދަމާ ހަވީރު 4:00 ޖަހާއިރުއެވެ. މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަނީ އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާއެވެ.

މި ރަސްމިއްޔާތާ ގުޅޭގޮތުން ކްލީން މޯލްޑިވްސްއިން ބުނީ އެޗްޑީސީއަށް ހަދިޔާކުރާ 3،500 ގަހުގެ ތެރެއިން މާދަމާ 1،500 ގަސް އިންދާނެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

އެގޮތުން އެޗްޑީސީއަށް ހަދިޔާކުރަނީ 1،500 މަގޫ ގަހާއި، 500 ހިރުނދު ގަހާއި، 500 ކުރެދި ގަހާއި، 500 ދިއްގާ ގަހުގެ އިތުރުން 500 ދިވެހި ރުކެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް