Friday, 6 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

އުސޫލުތަކާ ހިލާފުވި 298 ބިޑް ކޮމިޓީ ސަސްޕެންޑު ކޮށްފި

އުސޫލުތަކާ ހިލާފުވި 298 ބިޑް ކޮމިޓީ ސަސްޕެންޑު ކޮށްފި

އެކި ފަރާތްތަކާ ބިޑުތައް ހަވާލުކުރުމުގައި އަމަލުކުރަން ޖެހޭ އުސޫލުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ، ދައުލަތުގެ އިދާރާތަކާއި އޮފީސްތައް ހިމެނޭހެން އެތައް ތަނެއްގެ ބިޑް ކޮމިޓީތައް ސަސްޕެންޑްކޮށްފިއެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ސާކިއުލާއެއްގައި ބުނެފައި ވަނީ ބަޖެޓް ތަންފީޒު ކުރުމާ ގުޅޭ މުއާމަލާތްތައް އިލެކްޓްރޯނިކް ވިއުގައަކުން ގުޅުވައިލާން ގާއިމްކޮށްފައިވާ "ބަނޑޭރި ޕޯޓަލް"ގައި ރަޖިސްޓްރީ ނުކޮށް އޮތުމުގެ ސަބަބުން 298 އޮފީހެއްގެ ބިޑް ކޮމިޓީ ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.

ސަސްޕެންޑު ކުރި ބިޑް ކޮމިޓީތަކުގެ ތެރޭގައި އައިޖީއެމްއެޗާއި ޕްރޮސެކިއުޓާ ޖެނެރަލް އޮފީހާއެކު އަތޮޅުތަކުގެ ގިނަ އަދަދެއްގެ ސްކޫލުތަކާއި ހޮސްޕިޓަލްތަކާއި ކައުންސިލްތަކުގެ ބިޑް ކޮމިޓީތައް ވެސް ހިމެނެއެވެ.

Advertisement
Ooredoo — Square (box)

ފިނޭންސް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި އެ މަހުގެ 16 ވަނަ ދުވަހުން ފެށިގެން ދައުލަތުގެ އޮފީސްތަކުން ކުރިއަށް ގެންދާ ޕްރޮކިއުމަންޓްތަކަށް ހުއްދަ ދެވޭނީ އެ އޮފީހެއްގެ ބިޑް ކޮމިޓީ ބަނޑޭރި ޕޯޓަލްގައި ރަޖިސްޓްރީކޮށްފައިވާ ނަމައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް