ދުނިޔެ

ޣައްޒާއިން އޮމިކްރޮން ވޭރިއެންޓް ފެނިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ފަލަސްތީނުގެ ޣައްޒާއިން ކޯވިޑް19ގެ އޮމިކްރޮން ވޭރިއެންޓްގެ ފުރަތަމަ ވޭދަނަ ފެނިއްޖެކަމަށް، ފަލަސްތީނުގެ ހެލްތު މިނިސްރީން ބުނެފިއެވެ.

Ads by Sosun Fihaara

އެ ވޭދަނައަކީ އައްސޭރިފަށުގެ ސަރަހައްދެއްގައި ދިރިއުޅޭ ޣައްޒާގެ ރައްޔިތެއްގެ ގައިން ފެނުނު ވޭދަނައެއް ކަމަށް އެ ވުޒާރާގެ އޮފިޝަލް މަޖްދީ ދާއިރު ބުންޏެވެ. ދާއިރު ބުނީ އެ ވޭދަނައާ އެކު އާބާދީގެ ތެރޭގައި މިހާރު ބަލި ފެތުރެމުން ދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.

ދާއިރު ވަނީ ބަލިން ރައްކާތެރިވުމަށް އެންމެން ވެސް ވެކްސިން ޖެހުމަށް ގޮވައިލައިފައެވެ. އަދި ގައިދުރުކަން އިސްކޮށް ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވައިލައިފައި ވެއެވެ.

2.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޣައްޒާގައި މިހައިތަނަށް 189،837 މީހުންނަށް ކޯވިޑް-19 ޖެހި، 1،691 މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.

އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގައި، ޑިސެމްބަރު މަހުގެ 16ވަނަ ދުވަހު އޮމިކްރޯންގެ 3 ވޭދަނަ ފަލަސްތީނު މީހުންގެ ކިބައިން ފެނިފައި ވެއެވެ. އޭގެ ފަހުން އެ އަދަދު 3.1 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 23 މީހުންނަށް ޖެހިފައިވާ ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ އިދާރާތަކުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!