Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ސިޔާސީ

އަދުރޭ މައުމޫނަށް: އަމިއްލަ ލެޔަށް ތި ހުންނެވީ ހަރާން ކޯރުވެފައި

އަދުރޭ މައުމޫނަށް: އަމިއްލަ ލެޔަށް ތި ހުންނެވީ ހަރާން ކޯރުވެފައި

ކުރީގެ ރައީސް އަދި އެމްއާރްއެމްގެ ޒައީމް މައުމޫން އަބްދުލްގައްޔޫމް އަމިއްލަ ލެޔަށް ހަރާން ކޯރުވެފައިވާ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އަދުރޭ މިފަދައިން ވިދާޅުވީ ރޭ ޕީޕީއެމުން ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. ސިޔާސީ ދަހިވެތިކަމުގައި ގައުމުތަކާ މެދު ނަފުރަތު އުފައްދައި އެ ގައުމުތަކާ އެކު އޮތް ގުޅުން ހީނަރުވާ ފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން ގޮވައިލުމާ ގުޅިގެން އަދުރޭ ވިދާޅުވީ ރާއްޖޭގައި ވަރަށް ވަރުގަދަ ވެރިކަމެއް ހިނގަމުން ދަނިކޮށް އެމަނިކުފާނު އަމިއްލަ ލެޔަށް ހަރާން ކޯރުވީ ކަމަށެވެ.

އަދުރޭ އިތުރަށް ވިދާޅުވީ މިއަދު އެއްބައިވަންތަކަމުގެ ވާހަކަދެއްކުމުގެ ބޭނުމެއް ނެތް ކަމަށެވެ. އެ ދުވަހު އާއިލީ ގުޅުމެއް ވެސް ނެތް ކަމަށާއި ގައުމީ އެއްބައިވަންތަކަމެއް ވެސް ނެތް ކަމަށް އަދުރޭ ވިދާޅުވިއެވެ. އެދުވަހު ވެސް ރައީސް މައުމޫން ބޭނުންފުޅު ވީ އެންމެ ކަމެއް ކަމަށާއި އެއީ ރައްޔިތުންގެ ވެރިކަން ކަމަށް އަދުރޭ ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އެމްއާރުއެމްއިން ސިޔާސީ ދަހިވެތިކަމުގައި ގައުމުތަކާ މެދު ނަފުރަތު އުފައްދައި އެ ގައުމުތަކާ އެކު އޮތް ގުޅުން ހީނަރުވާ ފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް ގޮވައިލައިފައިވާ އިރު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދާ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕެއިނާ ދެކޮޅަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތާއި ޖުމްހޫރީ ޕާޓީން ވެސް ވަނީ ބަޔާން ނެރެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް