Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ދިވެހި ނޫސްވެރިން ތަމްރީންކުރަން އިންޑިއާއިން އެހީތެރިވަނީ

ދިވެހި ނޫސްވެރިން ތަމްރީންކުރަން އިންޑިއާއިން އެހީތެރިވަނީ

ދިވެހި ނޫސްވެރިން ތަމްރީނު ކުރުމުގައި އެހީތެރިވާނެ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

ސަފީރު މިހެން ވިދާޅުވެފައި ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ މެމްބަރުނާ މިއަދު ބައްދަލު ކުރައްވައި ދެއްކެވި ވާހަކައިގައެވެ.

އެ ބައްދަލުވުމުގައި އެމްއެމްސީގެ މެމްބަރުން ވަނީ އިންޑިއާއަށް ދިވެހި ނޫސްވެރިން ފޮނުވައިގެން ތަމްރީނު ޕްރޮގްރާމްތަކެއް ހިންގުމަށާއި، އިންޑިއާގެ ތައުލީމީ ހިދުމަތްދޭ މަރުކަޒުތަކުގެ މާހިރުން ރާއްޖެ ގެނެސްގެން ތަމްރީނު ޕްރޮގްރާމްތަކެއް ފެއްޓުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައެވެ. އަދި މި ދާއިރާގެ ތަމްރީނު ޕްރޮގްރާމްތައް އޮންލައިންކޮށް ހިންގުމާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

Advertisement
Allied — Dhen Online (box)

މީގެ އިތުރުން، ދިވެހި ނޫސްވެރިންނަށް ކުރު މުއްދަތާއި ދިގު މުއްދަތުގެ ސްކޮލަޝިޕް ޕްރޮގްރާމްތަކެއް ނޫސްވެރިންނަށް ހޯދައިދިނުމާ ގުޅޭގޮތުން ވެސް މަޝްވަރާކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް