11،800އަށް ވުރެ ގިނަ ސިވިލް ސާވިސް މުވައްޒަފުންނަށް މިނިމަމް ވޭޖް އެލަވަންސް ދެނީ

ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން 11،800އަށް ވުރެ ގިނަ މުވައްޒަފުންނަށް މިނިމަމް ވޭޖް އެލަވަންސް ދޭން ނިންމައިފިއެވެ.
ފިނޭންސް މިނިސްޓްރީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މިނިސްޓްރީން މައުލޫމާތު ދެއްވަމުން ވިދާޅުވީ، ދިވެހި ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން، 11،828 މުވައްޒަފަކަށް "މިނިމަމް ވޭޖް އެލަވަންސް" ލިބެން ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މި އެލަވަންސް ދެނީ 8 ރޭންކެއްގައި ހިމެނޭ ސިވިލް ސާވިސް މުވައްޒަފަކަށް ކަމަށާއި، މިނިމަމް ވޭޖް އެލަވަންސް ދޭން ފަށަނީ އަންނަ ޖެނުއަރީ މަހުގެ 1ވަނަ ދުވަހުން ފެށިގެން ކަމަށް ފިނޭންސް މިނިސްޓްރީއާއި ސިވިލް ސާވިސް ކޮމިޝަނުން ވެސް މައުލޫމާތު ދީފައިވެއެވެ.
ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މިނިމަމް ވޭޖް ތައާރަފް ކުރުމުން ސިވިލް ސާވިސްގެ މުވައްޒަފުންގެ ތެރެއިން މި އެލަވަންސް ލިބޭނެ ރޭންކުތަކުގައި ހިމެނޭ މުވައްޒަފުންނަށް، އެއްް ރޭންކެއް ކަމުގައިވާ ނަމަ، އަސާސީ މުސާރައާއި ފިކްސްޑް އެލަވަންސްތަކުގެ ޖުމްލަ އެއްގޮތް ވާނެއެވެ.
<img class="alignnone wp-image-132908 size-full" src="https://cdn.dhen.mv/wp-content/uploads/2021/12/IMG_20211229_154809_796.jpg" alt="" width="1098" height="894" />
މިއަދުގެ އެ ބައްދަލުވުމުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޕޭ ކޮމިޝަންގެ ސެކެޓްރީ ޖެނެރަލް ޑރ. މުޙައްމަދު ފައިޒަލް ވިދާޅުވީ، މި އެލަވެންސަކީ މިހައިތަނަށް މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅައިފައިވާ 7 ހާސް ރުފިޔާއަށް ވުރެ ދަށުން ލިބޭ މުވައްޒިފުންނަށް އަންނާނެ ބަދަލާ ގުޅިގެން ތައާރަފް ކުރެވޭ އެލަވެންސެއް ކަމަށެވެ.
"މިނިމަމްވޭޖް އެލަވެންސް ތައާރަފް ކުރުމުން ދިވެހި ސިވިލް ސާވިސް މުވއްޒިފުންގެ ތެރެއިން މި އެލަވެންސް ހިމެނޭ ރޭންކްތަކުގައި ތިބި މުވައްޒިފުންނަށް އެއް ރޭންކެއް ކަމުގައިވާ ނަމަ، އަސާސީ މުސާރައާއި ފިކްޑް އެލަވެންސްތައް އެއްގޮތް ވެގެންދާނެ. މިހާރު ހުރި ތަފާތުތައް ނައްތާލެވިގެންދާނެ." ޑރ. ފައިޒަލް ވިދާޅުވިއެވެ.
މީގެ އިތުރުން ޑރ. ފައިޒަލް ވިދާޅުވީ، ޖެނުއަރީ 15 ގެ ކުރިން އޮފީސްތައް މެދުވެރިކޮށް އެ މުވައްޒިފުންނަށް ލިބޭ މިންވަރު އަންގައިދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.







ކޮމެންޓް