Saturday, 7 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ހޯމް ސްޓޭ ޓޫރިޒަމް ދިއްގަރުން ފަށަން ނިންމައިފި

ހޯމް ސްޓޭ ޓޫރިޒަމް ދިއްގަރުން ފަށަން ނިންމައިފި

އަންނަ އަހަރު ތައާރަފު ކުރުމަށް ހަމަޖެހިފައިވާ ހޯމް ސްޓޭ ޓޫރިޒަމް ފަށާނީ މ. ދިއްގަރުގައި ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު އިއުލާނު ކޮށްފިއެވެ.

އެ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަން ހެޑް އަލީ ރައްޒާން ވިދާޅުވީ، ރިސޯޓެއްގެ ހުރިހާ އޮޕަރޭޝަނަކާ ގުޅޭ ދާއިރާތަކުގެ މީހުން ދިއްގަރުގައި އުޅޭ ކަމަށެވެ.

މިވަގުތު ދިއްގަރަކީ ފަތުރުވެރިއެއް އަދި ގެސްޓު ހައުސެއް ވެސް ނެތް ރަށެއް ނަމަވެސް ރިސޯޓްތަކުގައި މަސައްކަތް ކުރާ ޒުވާނުން ދިއްގަރުގައި ވަރަށް ގިނަކަން ރައްޒާން ފާހަގަ ކުރެއްވިއެވެ.

Advertisement
Ooredoo — Square (box)

"ގެސްޓް ރިލޭޝަން ކަންކަމުގައި، ފްރަންޓް އޮފީހުގައި، ސެކިއުރިޓީގައި، ޑައިވް ސެންޓަރުގައި، ވޯޓާ ސްޕޯޓްސްގައި، މިހެންގޮސް ރިސޯޓެއްގެ މުޅި ގެސްޓް އޮޕަރޭޝަން އަށް ބޭނުންވާ ހުރިހާ ދިމާލެއްގެ ތަޖުރިބާ ދިއްގަރުގައި އެބަހުރި،" ޓޫރިޒަމް ޑައިވާސިފިކޭޝަން އެންޑް ލޯކަލައިޒޭޝަންގެ ހެޑް ވިދާޅުވިއެވެ.

އަންނަ މަަސް ފެށޭއިރު ދިއްގަރުގައި ލޯކަލް ޓޫރިޒަމްއަށް ހާއްސަކޮށް 50 ކޮޓަރި ހުންނާނެކަމަށް ކައުންސިލުން މައުލޫމާތު ދޭ ކަމަށް ވެސް ރައްޒާން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް