ޚަބަރު

ސުޕާރީގެ އިތުރުން ގިނަ އުފެއްދުންތަކެއް ރާއްޖެއަށް އެތެރެ ކުރުން މަނާކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސުޕާރީ ޕެކެޓުގެ އިތުރުން ޕްލާސްޓިކުގެ ގިނަ އުފެއްދުންތަކެއް ރާއްޖޭގައި މަނާ ކޮށްފިއެވެ.

Ads by MWSC

މިކަން ހާމަކޮށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ސޮއި ކުރައްވައި އާންމު ކޮށްފައިވާ "ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން" ގަރާރުގައި ބުނެފައި ވަނީ، ޕްލާސްޓިކާއި ޕްލާސްޓިކުން ތައްޔާރު ކޮށްފައި ހުންނަ އެއްޗެހީގެ ތެރެއިން ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕާލްސްޓިކުގެ ތެރެއިން 13 ބާވަތެއް ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުމަކީ އަންނަ އަހަރު ޖޫންއިން ފެށިގެން މަނާ ކަމެއް ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ޖޫން މަހުގެ 1އިން ފެށިގެން ރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ ޕްލާސްޓިކުގެ ބާވަތްތަކަކީ:

▪︎ ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ، އެއްފަހަރު ބޭނުން ކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކުން ހަދައިފައި ހުންނަ ޕްލާސްޓިކް ހޮޅި

▪︎ ޕްލާސްޓިކުން ހަދައިފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުން ކުރާ ޕްލާސްޓިކް ދަނޑިކޮޅު

▪︎ ކާބޯތަކެތި ބަންދު ކުރާ ސްޓައިރަފޯމް ފޮށި

▪︎ ބާޒާރު ކުރަން ބޭޏުން ކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑީގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދައިފައިވާ، އަމިއްލަ ޒާތުގެ ނެތިފަނާވާ (ޑީގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭ ގޮތަށް)

▪︎ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ އިމްޕޯޓު ކުރާ ސުޕާރީ

▪︎ 250 މިލިމީޓަރަށް ވުރެ ކުޑަ، އެއްފަހަރު ބޭނުން ކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުން ކުރާ ޕްލާސްޓިކް ތަށި

▪︎ ޕްލާސްޓިކް ދަނޑިކޮޅުލައިފައިވާ ކަފަބުރު

▪︎ 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން

Ads by Ooredoo
  1. އަލީ

    ޕާކިސްތާނު އުފެއްދުމެއްވީމަ މަނާކޮށްލީ. އަޅުވެތިކަން ތިވަރަށްދައްކަން ލަދުގަންނަންޖެހޭނެ.

  2. ޔާނާ

    ތިޔަށްވުރެ ތާހިރުވީސް ހަށިގަނޑަށް ގެއްލުންދޭ ޒާތުގެ ކާބޯތަކެއްޗާ ދީނުގަ ހަރާމްކުރައްވާފައިވާ ތަކެތި އެތެރެކުރުން ހުއްޓުވާލި ނަމަ. ތިޔަ ހުރިހާ ކަމަކީވެސް ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ ކަންތަކެއްކަން ދެނަހުރީމު. އިސްލާމްދީން މިތާ ކުރިއެރުވުމަށް ތިކަހަލަ ހަރުދަނާ ފިޔަވަޅުތައް އަޅަން ނުކެރިގެން ތިއުޅޭ ސަބަބެއް ނުވިސްނޭ. ތިކަމަށް ތާއީދެއް ނޫން.