ޚަބަރު

ސެންޓްރަލް ޕާކުގައި މާދަމާރޭ ހަވާ އަރުވަނީ

އާއިޝަތު ޖަނާ ސަމީރު ، ދެން އޮންލައިން
ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އަރުވަނީ.. ފޮޓޯ: ސަން މީޑީޔާ

އައު އަހަރު ފާހަގަ ކުރުމުގެ ގޮތުން މާދަމާ ރޭ ސެންޓްރަލް ޕާކްގައި ހަވާ އަރުވާގޮތަށް ސަރުކާރުން ނިންމަވައިފިއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފްއިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ 31 ޑިސެންބަރު 2021ވަނަ ދުވަހުގެ ރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށާއި ހަވާ އެރުވުން އޮންނާނީ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކަމަށެވެ.

އައު އަހަރު ފާހަގަ ކުރުމުގެ ގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މީގެ ކުރިން ވެސް ސިފައިން ވަނީ ހަވާ އެރުވުމުގެ ހަރަކާތްތައް ބާއްވަވައިފައެވެ.

މީލާދީ އައު އަހަރު ފެށުމުގެ މުނާސަބަތުގައި ހަވާ އެރުވުމުގެ އިތުރުން ޔޫތު މިނިސްޓްރީން ވަނީ މާދަމާ ރޭ މިއުޒިކް ޝޯއެއް ބާއްވަން ވެސް ނިންމަވައިފައެވެ.

އެ ޝޯގައި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަންކިތު ތިވާރީ ވެސް ބައިވެރިވާނެ ކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

  1. ރިޔަން

    ހަރާމް ކަމެއް ނޫންތަ އަނެއްކާ. މިހާރު މިގައުުމުގަ ހުކުމްތައް އޮޅުވާލެވިފަ މިވަނީ މަކްރޫހް ހަރާމް ކަމެއްގެ ގޮތުގަ އަދި ނަބަވީ ސުންނަތް ވާޖިބްގެ ތެރަށްލާފަ. މިފަދަައިން އޮތްލިއުމެއް ފެނި އަންތަރީސްވެ މިހިން ލިއުނީ.