Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ބަނދި ހަދަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އަޝްރަފް ޢަލީ ހުޅުވައިލާ ފުރުސަތެއް!

ބަނދި ހަދަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް އަޝްރަފް ޢަލީ ހުޅުވައިލާ ފުރުސަތެއް!

ބަނދި ހަދަން ދަސްކުރަން ބޭނުންވާ ފަރާތްތަކަށް، ދިވެހިބަހުގެ އެކެޑެމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ (އަޝްރަފް ސަރ) ވަރަށް ހާއްސަ ކްލާސްތަކެއް ބާއްވަން ނިންމައިފިއެވެ.

އަންނަ ޖެނުއަރީ މަހުގެ 5ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި ކްލާސްތަކަކީ އުމުރުން 16 އަހަރުން މަތީގެ މީހުންނަށް ބައިވެރިވެވޭ ގޮތަށް އިންތިޒާމު ކޮށްގެން ހިންގޭ ކްލާސްތަކެކެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން އަޝްރަފް ސަރ ވިދާޅުވީ، މި ކްލާސްތައް ބާއްވަން ނިންމީ އެކިއެކި މުނާސަބަތުކަކަށާއި ކުދިންގެ އެކި އުމުރުތަކަށް ފެތޭ ގޮތަށް ބަނދި ހަދަން ދަސްކޮށްދޭން ވަރަށް ގިނަ ފަރާތްތަކުން އެދެމުން ކަމަށެވެ.

Advertisement
Allied Insurance — Square (box)

"އަޅުގަނޑު ހިތަށް އެރީ ގިނަ ބަޔަކަށް މި ހުނަރު އެނގިފައި އޮތުމަކީ އެންމެންނަށް ވެސް ވަރަށް ބޮޑު ފަސޭހައަކަށް ވާނެ ކަމެކޭ" އަޝްރަފް ސަރ ވިދާޅުވިއެވެ.

މި ކްލާސްތައް ކުރިއަށް ދާނީ އަންނަ މަހުގެ 5އިން 12އަށެވެ. މި ކްލާސްތަކުގައި:ބަނދި ހެދުމުގެ ހަމަތަކާއި ވަޒަން ދަސްކޮށްދޭނެއެވެ. އަދި އެކިއެކި މުނާސަބަތުތަކާ ގުޅޭ އެކި މައުޟޫތަކަށް ރީތިކޮށް ބަނދި ހަދަން ދަސްކޮށްދިނުމުގެ އިތުރުން އެކި އުމުރުގެ ކުދިންނާ ގުޅޭހެން ބަނދި ހަދަން ދަސްކޮށްދޭނެއެވެ.

<img class="alignnone wp-image-133082 size-full" src="https://cdn.dhen.mv/wp-content/uploads/2021/12/FB_IMG_1640890201996.jpg" alt="" width="960" height="720" />

ބަނދި ހަދަން ދަސްކޮށްދޭ މި ކްލާސްތަކުގައި ބައިވެރިވާން ފީއެއްގެ ގޮތުގައި ނަގަނީ 500 ރުފިޔާއެވެ.

މި ކްލާސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 3 ޖެނުއަރީ 2022ވަނަ ދުވަހުގެ ކުރިން 7996943އާ ގުޅުއްވައި ނުވަތަ މެސެޖު ކޮށްލުމަށް އަޝްރަފް ސަރ އެދިލައްވައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް