Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ވެކްސިން ދިނުމާއި ، ސުންކު ނެގުމެއް މާދަމާ ނޯންނާނެ: އެޗްއީއޯސީ

ވެކްސިން ދިނުމާއި ، ސުންކު ނެގުމެއް މާދަމާ ނޯންނާނެ: އެޗްއީއޯސީ

އައު އަހަރުގެ ފުރަތަމަ ދުވަހުގައި ކޮވިޑް ވެކްސިން ދިނުމާއި ސުންކު ނެގުން ކުރިއަށް ނުގެންދާނެކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ ސެންޓަރުން މިގޮތަށް ނިންމަވައިފައި ވަނީ މި ވެކްސިން ދިނުމާއި ސުންކު ނެގުމުގައި ހަރަކާތްތެރިވާ އޮފިޝަލުންނަށް އައު އަހަރުގެ ފުރަތަމަ ދުވަހަކީ ޗުއްޓީ ދުވަހެއްގެ ގޮތުގައި ހެދުމުގެ ގޮތުންނެވެ.

މާލޭ ސަރަހައްދުގައި ސުންކު ނަގާ ސެންޓަރުތައް ސޯޝަލް ސެންޓަރާއި ވިލިމާލޭގައި ހުރެއެވެ.އަދި ހަަމަ އެހެންމެ ކޮވިޑް19 އަށް ހާއްސަކޮށްގެން ސެނަހިޔާ އަދި ވިލިމާލޭގައި ވެސް ފުލޫ ކުލިނިކް ގާއިމްކޮށްފައި ވެއެވެ.

Advertisement
HDC — Sidebar (box)

އަލާމާތްތައް ނުފެންނަ ބޭފުޅުންގެ ތެރެއިން ސުންކު ނަގަން ބޭނުންފުޅުވެލައްވާ ބޭފުޅުންނަށް ސޯޝަލް ސެންޓަރުގައި ގާއިމްކޮށްފައިވާ ސެންޓަރުން ސުންކު ނެގެއެވެ. މީގެ އިތުރުން މާލެ ، ވިލިމާލެ ، ހުޅުމާލެ ހިމެނޭޙޭން ހަ ސެންޓަރެއްގައި ކޮވިޑްވެކްސިން ދިނުމުގެ ހިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.

ހަމަ އެހެންމެ އަތޮޅުތެރޭގެ 176 ސެންޓަރެއްގައި ކޮވިޑް ވެކްސިން ޖަހައިދިނުމުގެ ހިދުމަތް ފޯރުކޮށްދެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް