ޚަބަރު

ބޯޑާ މައިލްސްގައި ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ބައިވެރިވެއްޖެ!

އާއިޝަތު ޖަނާ ސަމީރު ، ދެން އޮންލައިން

"މޯލްޑިވްސް ބޯޑާ މައިލްސް" ޕްރޮގްރާމްގައި ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ބައިވެރިވެއްޖެއެވެ.

Ads by MWSC

އިއްޔެ ނިމިގެންދިޔަ 2021ވަނަ އަހަރުގެ ނިޔަލަށް 146،000އަށް ވުރެ ގިނަ ފަތުރުވެރިން މި ޕްރޮގްރާމްގައި ބައިވެރިވެފައިވާކަމަށް ކަމާ ބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކައެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމަކީ މޯލްޑިވްސް އިމިގްރޭޝަންގެ އިސްނެގުމުގެ ދަށުން ޓުވަރިޒަމް މިނިސްޓްރީ އަދި އެމްއެމްޕީއާރުސީ ގުޅިގެން ފަތުރުވެރިންނަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެެކެވެ. މި ޕްރޮގްރާމް ތައާރަފް ކޮށްފައި ވަނީ 27 ސެޕްޓެމްބަރު 2020ގައެވެ.

ބޯޑަރު ހުރަސްކޮށް ރާއްޖެ އަންނަ ފަތުރުވެރިންނަށް އަމާޒުކޮށްގެން ތައްޔާރުކުރެވިފައިވާ މި ޕްރޮގްރާމްގައި ތިން ޕެކޭޖެއް ހިމެނެއެވެ. މި ތިން ޕެކޭޖަކީ ބްރޯންޒް ، ސިލްވާ އަދި ގޯލްޑެންއެވެ. އަދި ކޮންމެ ޕެކޭޖަކަށް ދިވެހި ނަމެއް ވެސް ދީފައިވެއެވެ. ބްރޯންޒް ޕެކޭޖަށް ދީފައިވާ ދިވެހި ނަމަކީ އައިދައެވެ.ސިލްވާ ޕެކޭޖަށް އަންތަރަ ކިޔާއިރު ގޯލްޑެން ޕެކޭޖަށް ކިޔަނީ އަބާރަނައެވެ.

މިއީ ދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ތަޢާރަފް ކުރި ފުރަތަމަ ފަހަރެވެ.

މޯލްޑިވްސް ބޯޑާ މައިލްސް ޕްރޮގްރާމްގައި މިހައިތަނަށް ތިރީހަކަށް ޕާޓްނަރުން ބައިވެރިވެފައިވެއެވެ. ތަފާތު އެތައް ހިދުމަތްތަކެއް އަގު ހެޔޮކޮށް ލިބުމަށް ފަސޭހަވެ މަތީ ފެންވަރުގެ ހިދުމަތްތަކެއް ހޯދުމުގެ ފުރުސަތު ޕާޓްނަރުންގެ ފަރާތުން ލިބޭނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!