މާލޭގެ މީހުންނަށް ބިން ހާއްސަކުރުމަކީ ނަސްލީ ތަފާތުކުރުން: ސައީދު

މާލޭގެ މީހުންނަށް ބިން ހާއްސަކުރުމަކީ ނަސްލީ ތަފާތުކުރުން ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިހެން ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ހަމައެކަނި މާލޭގެ މީހުންނަށް ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމުމާ ގުޅިގެންނެވެ.
ސައީދު ވިދާޅުވީ މިއީ ނަސްލީ ތަފާތުކުރުން ކަމަށާއި ރާއްޖޭގައި މި ފަސް އަހަރު ސަރުކާރުން ކުރާހާ ވެސް ކަމަކީ މިކަހަލަ އެތައް ކަނޑުކޮހެއް ހަދައި ރައްޔިތުންނަށް އަނިޔާވެރިވުން ކަމަށެވެ. ސައީދު ވަނީ މިހާރު އަތޮޅުތެރެއާއި ލާމަރުކަޒީ ނިޒާމު ކޮބައިތޯ ސުވާލުކުރައްވައިފައެވެ.
https://twitter.com/em_saeed/status/1477589669701304321?s=21
ދެވަނަ ފިޔަވަހިން ވިއްކުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތެރެއިން 60 ގޯތި ވިއްކުމަށް ހުޅުވައިލީ މިދިޔަ ޑިސެމްބަރު މަހުގެ 27ވަނަ ދުވަހުއެވެ. އެ ފަހަރު ހުޅުވައިލި ފުރުސަތުގައި އިސްކަން ދީފައި ވަނީ އަލަށް ބިން ގަންނަ ފަރާތްތަކަށާއި މާލެ ސަރަހައްދުން ދިރިއުޅުމުގެ ބޭނުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް ރަޖިސްޓްރީ ކުރެވިފައި ނުވާ ފަރާތްތަކަށެވެ.






ކޮމެންޓް