ޚަބަރު

ބައްޕައަކު އަނިޔާކުރި ޒުވާނަކަށް ޓްރީޓޮޕްގައި ފަރުވާ ދެނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބައްޕައަކު ދަރިފުޅަށް އަނިޔާކޮށްގެން ޓްރީޓޮޕްގައި ފަރުވާ ދޭން ފަށައިފިއެވެ.

Ads by STELCO

އަނިޔާކޮށްފައި ވަނީ ހުޅުމާލޭގައި ދިރިއުޅެމުން އަންނަ 21 އަހަރުގެ އަންހެން ކުއްޖަކަށެވެ.

"ދެން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަންހެން ކުއްޖާގެ މެއި ކަށިގަނޑު ވަނީ ރެނދުލައިފައެވެ.

ފުލުހުން ވިދާޅުވީ، މިފަދަ މައްސަލައެއް މިއަދު މެންދުރު ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށާއި، ފުލުހުންނާއި ޖެންޑަރ މިނިސްޓްރީން މިހާރުދަނީ މިމައްސަލަ ތަޙްޤީޤް ކުރަމުން ކަމަށެވެ. އިތުރު މައުލޫމާތެއް ފުލުހުން ނުދެއްވައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!