Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ސަމާލުވޭ! ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ

ސަމާލުވޭ! ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަނީ

މިދުވަސްކޮޅު ރާއްޖޭގައި އަނެއްކާވެސް ބޭރަށް ހިންގުމާ ހޮޑުލުން އިތުރުވާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސް ކޮށްފިއެވެ.

އެ އެޖެންސީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވަނީ އެކަމުގެ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޯ އެނބުރުމާއި ކުޑަކަމުދެވޭ ވަރު މަދުވުމާއި ހޮޑު ނުވަތަ ބޮޑުކަމުދާ ވަގުތު އޭގައި ލޭގެ އަސަރު ހުރުމާއި އާދަޔާ ހިލާފަށް ކަރު ހިއްކުމާއި މީހާ މާބޮޑަށް ވަރުބަލިވެ، ދިޔާތަކެތި ބޭނުން ނުކުރެވުމުގެ އިތުރުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސުން ހިމެނެއެވެ.

Advertisement
Allied Insurance — Square (box)

ބޭރަށް ހިންގާ ނަމަ ކުރެވިދާނެ ކަންކަން:

▪︎ ގިނަގިނައިން އަރާމު ކުރުން
▪︎ ކަންކަމާ މާ ބޮޑަށް ނުވިސްނުން
▪︎ ގިނަގިނައިން ދިޔާތަކެތި ބޭނުން ކުރުން
▪︎ ލޮނު ހުންނަ ބިސްކޯޒު ކަހަލަ ތަކެތި ބޭނުން ކުރުން
▪︎ ހަކުރު ގިނަ އަދި ތެޔޮކަން ގަދަ ކާނާ ބޭނުން ނުކުރުން
▪︎ ކޮފީ ބޭނުން ނުކުރުން

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް