Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ވަޤްފް ފަންޑުތަކަށް ނަގުދު ފައިސާ ބަލައިގަންނަން ނިންމައިފި

ވަޤްފް ފަންޑުތަކަށް ނަގުދު ފައިސާ ބަލައިގަންނަން ނިންމައިފި

އިސްލާމިކް މިނިސްޓްރީން ތައާރަފްކޮށްފައިވާ ޓްރަސްޓް ފަންޑުތަކުގެ ތެރެއިން ވަޤްފު ފަންޑުތަކަށް ނަގުދު ފައިސާ ބަލައިގަންނަ ގޮތަށް މިއަދު ނިންމައިފިއެވެ.

ވަޤްފު ފަންޑުތަކުގެ ތެރޭގައި ހިމެނެނީ މިސްކިތްތަކަށް އެހީވާ ފަންޑާއި ދީނީ ކަންކަމަށް އެހީވާ ވަޤްފު ފަންޑެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނަގުދު ފައިސާއިން ވަޤްފު ފަންޑަށް ފައިސާ ބަލައިގަންނަން ނިންމީ، އެ ފަންޑުތަކަށް އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމުގެ މަޤްސަދުގައި ކަމަށެވެ.

Advertisement
HDC — Sidebar (box)

އެގޮތުން މިއަދުން ފެށިގެން 30 އޭޕްރިލްގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 9އިން މެންދުރު 12އަށް އެ މިނިސްޓްރީގެ ރިސެޕްޝަނުން ފައިސާ ބަލައިގަންނާނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ވަޤްފު ފަންޑަށް ނަގުދު ފައިސާ ބަލައިގަންނަ ގޮތަށް ހަމަޖެއްސި ނަމަވެސް، ބަނޑޭރި ޕޯޓަލްއިން ފައިސާ ޖަމާކުރެވޭނެ ކަމަަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް