ޚަބަރު

އެފްޑީއޭއިން 12-15 އަހަރުގެ ކުދިންނަށް ފައިޒާ ވެކްސިންގެ ބޫސްޓާ ދިނުމަށް ހުއްދަދީފި

މަރްޔަމް ނަޙްދާ ވަޙީދު ، ދެން އޮންލައިން
ފައިޒާ ވެކްސިން

ފައިޒާ އަދި ބައޯއެންޓެކްއިން އުފައްދައިފައިވާ ކޮވިޑް-19 ވެކްސިންގެ 3 ވަނަ ޑޯޒް 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ބޭނުންކުރުމުގެ ހުއްދަ އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ހޯމަ ދުވަހު

Ads by Sosun Fihaara

އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން އިމިއުނޯކޮމްޕްރޮމައިޒްވާ ކުދިންނަށް ތިން ވަނަ ޝޮޓަކަށް ހުއްދަ ދީފައިވާ ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ. އެފްޑީއޭއިން ބުނީ އިސްރާއީލުގެ ސިއްހަތާ ބެހޭ ވުޒާރާއިން ދީފައިވާ ބޫސްޓަރ ޑޯޒްތަކުގެ ރައްކާތެރިކަމާ ބެހޭ ގޮތުން ޝާއިއުކޮށްފައިވާ ޑޭޓާއާއި ހަގީގީ ދުނިޔޭގެ ހެކިތައް ރިވިއުކޮށްފައިވާ ކަމަށާއި އޭގެ ތެރޭގައި ފައިޒާ ޝޮޓް ލިބުނު އުމުރުން 12-15 އަހަރާ ދެމެދުގެ 6،300އަށް ވުރެ ގިނަ މީހުންގެ ޑޭޓާ ހިމެނޭ ކަމަށެވެ.

އޮމައިކްރޯން ވޭރިއަންޓްގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19ގެ ވޭދަނަތައް އިތުރުވަމުން އަންނަ އިރު، ސިއްހީ އިދާރާތަކުން ވަނީ، އެ ވޭރިއަންޓްގެ ޓްރާންސްމިސިބިލިޓީ ވަރަށް ބޮޑަށް މަތިވުމަކީ ސިއްހީ ގިނަ ނިޒާމުތަކަށް ލޮޅުން އަރާނެ ކަމެއް ކަމުގެ އިންޒާރުދީފައެވެ.

ލެބޯޓްރީ ޓެސްޓުތަކުން ދައްކާގޮތުގައި ފައިޒާ-ބައޯއެންޓެކް އަދި މޮޑާނާ ވެކްސިންގެ ދެ ޑޯޒްގެ ސަބަބުން އޮމައިކްރޯންއާ ދެކޮޅަށް އިމިއުން ރެސްޕޮންސް ދަށްވާއިރު ބޫސްޓަރތަކަކީ މިއުޓޭޓްވެފައިވާ ވޭރިއަންޓްގެ ސަބަބުން ވަރަށް ބޮޑަށް ރައްކާތެރިކޮށްދޭ އެއްޗެކެވެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!