ޚަބަރު

އަރަބިއްޔާ ސްކޫލުގެ ވަގުތީ އިމާރާތް ނިމޭއިރު ހުންނާނީ 18 ކްލާސްރޫމް: އެޑިއުކޭޝަން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީ ގޮތުން ބޭނުން ކުރުމަށް ހަމަޖެހިފައިވާ އިމާރާތް މިނިސްޓަރ އައިޝަތު އަލީ ބައްލަވާލައްވަނީ

މަރާމާތު ކުރަން ޖެހުމުގެ ސަބަބުން ބަންދުކުރި އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ކިޔަވަމުން އައި އިމާރާތުގެ ބަދަލުގައި ދާއިމީ އިމާރާތެއް ހަމަޖެހެން ދެން، އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދަން ނިންމައިފައިވާ ވަގުތީ އިމާރާތް ނިމޭއިރު ހުންނާނީ 18 ކްލާސް ރޫމް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

Ads by STELCO

އޮންލައިން ނޫސް "އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރަޓަރީ އަހުމަދު އަލީ ވިދާޅުވީ ވަގުތީ އިމާރާތުގެ މަސައްކަތް ހަލުއިކޮށް ކުރިއަށްދާ ކަމަށާއި މަހުގެ 16 ވަނަ ދުވަހު ސްކޫލްތައް އަލުން ހުޅުވޭއިރު އަރަބިއްޔާ ސްކޫލުގެ ވަގުތީ އިމާރާތް ހުޅުވޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ.

"މަސައްކަތް ކުރަމުންދަނީ މި މަހު 16ގެ ކުރިން އެތަން ހުޅުވަން. މަސައްކަތްތައް ހަލުއިކޮށް ދަނީ ކުރިއަށް." އެޑިއުކޭޝަންގެ ޕީއެސް އަހުމަދު އަލީ ވިދާޅުވިއެވެ.

އެ އިމާރާތުގެ މަސައްކަތް ނިމޭއިރު 18 ކްލާސްރޫމާ އެކު އޮފީސް ބައެއް ވެސް ހުންނާނެ ކަމަށް އަހުމަދު އަލީ ވިދާޅުވިއެވެ. އަދި ވިދާޅުވީ ސްކޫލެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް ވަގުތީ އިމާރާތުގައި ހުންނާނެ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!