Friday, 6 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކޮވިޑް-19 އަދާހަމަ: ފައްސި އަދަދު މިއަދު ވެސް 200އިން މަތީގައި!

ކޮވިޑް-19 އަދާހަމަ: ފައްސި އަދަދު މިއަދު ވެސް 200އިން މަތީގައި!

ރާއްޖެއިން މިއަދު އިތުރު 224 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 102 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 48 މީހުން ފައްސިވެފައިވެއެވެ.

ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 74 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ.

Advertisement
Ooredoo — Square (box)

މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 96،746 މީހުންނެވެ.

މިހައިތަނަށް މި ބަލިން ފަސޭހަވެފައި ވަނީ ޖުމްލަ 93،736 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 13 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 263 މީހުން ނިޔާވެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް