އުތުރު ކޮރެއާއިން މިސައިލްއެއް ޓެސްޓު ކޮށްފި

އުތުރު ކޮރެއާއިން މިސައިލްއެއް ޓެސްޓުކޮށްފިއެވެ.
ބުދަ ދުވަހު ޓެސްޓު ކޮށްފައިވާ މި މިސައިލްއާ ބެހޭ ގޮތުން އުތުރު ކޮރެއާއިން ބުނެފައި ވަނީ ހައިޕާސޮނިކް ވެޕަންއެއް ކަމަށާއި ކާމިޔާބުކަމާ އެކީ ބޭނުންވި އަމާޒަށް ވާސިލްވި ކަމަށެވެ.
ބެލިސްޓިކް މިސައިލްއާ ހިލާފަށް ހައިޕާސޮނިކް މިސައިލް އެންމެ ފުރަތަމަ ވެސް ދަތުރުކުރަން ފަށަނީ ސީދާ އޭގެ އަމާޒާއި ހަމައަށް ވާސިލުވުމަށެވެ. ގަޑި އިރަކު 6،200 ކިލޯމީޓަރަށް ދަތުރުކުރުމުގެ ގާބިލުކަން ހުރި މި މިސައިލަކީ ފްލައިޓް ކޮންޓްރޯލް ފީޗާރ ހުރި އަދި ފިނި މޫސުމުގައި ވެސް ބޭނުންކުރެވޭ ބާރުގަދަ މިސައިލެކެވެ.
އެމެރިކާގެ ކާނެއިޖް އެންޑޮމެންޓް ފޯ އިންޓްނަނޭޝަނަލް ޕީސްގެ ސީނިއާ ފަރާތެއް ކަމުގައިވާ އަންކިޓް ފަންޑާ ،ދަ ރިއުޓާސް ނިއުސް އޭޖެންސީއަށް ބުނެފައިވާ ގޮތުގައި އުތުރު ކޮރެއާއިން ހައިޕަސޮނިކް މިސައިލް ފާހަގަކޮށްފައި ވަނީ މިސައިލް ދިފާއުކުރުމުގައި އެކަށީގެންވާ ފައިދާކުރަނިވި ފެންވަރު ރަނގަޅު ވަސީލަތެއްގެ ގޮތުގައި ކަމަށެވެ.