ކޮވިޑް-19 އަދާހަމަ: މިއަދު ފައްސިވީ އަދަދު 300އަށްވުރެ މަތި!

ރާއްޖެއިން މިއަދު އިތުރު 304 މީހުން ކޮވިޑް-19އަށް ފައްސި ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިއަދު މާލެއިން ފައްސިވީ 136 މީހުންނެވެ. އަދި އަތޮޅުތެރެއިން މި ބައްޔަށް 78 މީހުން ފައްސިވެފައިވެއެވެ.
ހިންގަމުން އަންނަ ރިސޯޓުތަކުން މިއަދު ފައްސި 83 މީހަކު މި ބައްޔަަށް ފައްސި ވެފައިވެއެވެ. އަދި ކަނޑުއުޅަނދުފަހަރުން އެކަކު ފައްސި ވެފައިވެއެވެ.
މިހާރު ރާއްޖެއިން ކޮވިޑް-19އަށް މުޅިއަކު ފައްސިވެފައި ވަނީ 97،050 މީހުންނެވެ.
މިހައިތަނަށް މި ބަލިން ފަސޭހަވެފައި ވަނީ ޖުމްލަ 93،865 މީހުންނެވެ. ރާއްޖެއިން ކޮވިޑް-19އަށް ހޮސްޕިޓަލުތަކުގައި މިވަގުތު ފަރުވާ ދެމުންދަނީ 13 މީހުންނަށެވެ. އަދި މި ބަލީގައި ރާއްޖެއިން މިހައިތަނަށް 264 މީހުން ނިޔާވެފައިވެއެވެ.